2 އަހަރުގެ ތުއްތު ކުއްޖެއްގެ ނޭވާލާ ހޮޅީގައި ތާށިވެފައި އޮތް ކަރަންފުލެއް ނަގައިފިއެވެ.
ޑރ. މުހައްމަދު އަލީ މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިކުއްޖާގެ ނޭވާ ހޮޅި ތެރެއިން ކަރަންފޫ ނަގާފައިވަނީ ވަރަށް އުނދަގުލުން ކަމަށެވެ. އަދި އެކުއްޖާއަށް ފަރުވާ ދީފައިވަނީ ވެންޓިލޭޓަރ ގެ އެހީގައި ކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.
ކަރަންފޫ ތާށިވެފައިވަނީ އެކުއްޖާގެ ވައަތް ފަރާތު ނޭވާލާ ހޮޅިއަށެވެ. އަދި ކަރަންފޫ ކަހަލަ އެއްޗެއްސަކީ އެއަށް ފެންދަމާ ޒާތުގެ އެއްޗެހި ކަމަށްވުމާއިއެކު ކުއްޖާގެ ނޭވާ ހޮޅިއަށް ކަރަންފޫ ތާށިވެފައިވަނީ ފެންދެމުމުގެ ސަބަބުން ފުފިގެންކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.
މީގެ އިތުރުން ޑޮކްޓަރ ވަނީ މިފަދަ ތަކެތި ކުޑަކުދިންނަށް ދީ ނުވަތަ އަތްލެވޭ ހިސާބުގައި ބެހެއްޓުމާމެދު ސަމާލުވުމަށް ބެލެނިވެރިންނަށް އިލްތިމާސް ކޮށްފައެވެ. ކަރަންފޫގެ އިތުރުން ކާއެއްޗެހި އަނގައަށް އަޅައިގެން ހީ، ސަކަރާތް ޖަހާ، ދުވެ އުޅުމަކީވެސް ކުދީންނަށް ރައްކާތެރި ކަމެއް ނޫންކަމަށްވެސް ޑޮކްޓަރ ވަނީ ފާހަގަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!