ހއ. ކެލާގެ ގޮނޑުދޮށާއި ހޭޅިފަށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ވަރަށް ފޯރިއާއިއެކު ކުރިއަށް ދިޔަ މި ހަރާތް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

Ad
rt

ކެލާ ކައުންސިލުން ވިދާޅުވީ، އެރަށުގެ ގޮނޑުދޮށާއި ހޭޅިފަށް ސާފުކުރުމުގެ މި ހަރަކާތުގެ ތެރެއިން ރަށުގެ ހުޅަނގު ފަރާތު( މަތިފަރާތް)ގެ 0.8 ކިލޯ މީޓަރު ސަރަހައްދެއް ސާފުކޮށްފައިވާ ކަމަށެވެ. އެ ސަރައްދުން 1.5 ޖަމްބޯ ބޭގްގެ ކުނި ނަގާފައިވާކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ.

މީގެ އިތުރުން އެރަށުގެ ފުއްޓަރު ފަރާތުގެ 0.3 ކިލޯ މީޓަރުގެ ސަރަހައްދެއް ވަނީ ސާފުކޮށްފައެވެ. މި ސަރަހައްދުން 5.5 ޖަމްބޯ ބޭގްގެ ކުނި ނަގާފަވެއެވެ.

މި ހަރަކާތުގައި ކެލާ ކައުންސިލާއި، ކެލާ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި، މުއައްސަސާތަކާއި، ގިނަ އަދަދެއްގެ ރައްޔިތުންނާއި، އަދި ގެސްޓްހައުސް ހިންގާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.