މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެތެރޭގެ އިންތިޚާބާއި ކޮންގްރެސް ބާއްވާނެ ތާރީޚް މިއަދު ޢިއުލާންކޮށްފިއެވެ.

އެ ޕާޓީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާނު އަޝްރާ އަޙްމަދު ވިދާޅުވީ، 8 އޮކްޓޯބަރު 2020 ގައި އެމްއެންޕީ އުފައްދާ ޖަލްސާ ބާއްވުމަށްފަހު، އެ ޖަލްސާއިން ވަގުތީ އުފައްދާ ޖަލްސާ ބާއްވައި، ވަގުތީ އިންޓީރިއަމް ކައުންސިލްއެއް އުފައްދައި، ގިނަ ލަނޑުދަނޑިތަކެއް ހާއްސަކޮށްއެއް އުފައްދައި މިހާތަނަށް އެ ޕާޓީން ގިނަ ލަނޑުދަނޑިތަކެއް ހާއްސަކޮށްފައިވާ ކަމަށެވެ.

Ad
rt

ދެން އޮތީ ޕާޓީގެ މަގާމުތަކަށް ދާއިމީ މެންބަރުން އިންތިޚާބުކުރުންކަމަށް ފާހަގަ ކުރައްވަމުން އަޝްރާ ވިދާޅުވީ، އެ ޕާޓީގެ އިންތިޚާބުތައް ބާއްވާނެ ތާރީޚްތައް އެންމެ ފަހުން އޮތް އެޕާޓީގެ އިންޓީރިއަމް ކައުންސިލުން ކަނޑައަޅާފައިވާ ކަމަށެވެ.

މިގޮތުން އަންނަ ޖޫން މަހުގެ 18 ވަނަ ދުވަހު ޕާޓީގެ އެތެރޭގެ އިންތިޚާބު ބާއްވާނެ ކަމަށް އަޝްރާ ވިދާޅުވިއެވެ. އަދި އެއަށްފަހު ޖުލައި 7 އިން 9 އަށް ކޮންގްރެސް އޮންނާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ދ. މީދޫ އަދި ފ. ނިލަންދޫ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވެސް އެމްއެންޕީން ވާދަ ކުރާނެކަމަށް އަސްރާ ވިދާޅުވެ އެވެ.

އިލެކްޝަން ކޮމިޝަން (އީސީ)އިން "މޯލްޑިވްސް ނެޝަނަލް ޕާޓީ" ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދީ، އެ ޕާޓީގެ ރަޖިސްޓަރީ ހަވާލުކުރީ ހުސްވި އޮކްޓޯބަރުމަހުގެ 25 ވަނަ ދުވަހުއެވެ. އެމްއެންޕީ ވުޖޫދަށް ގެނައުމުގެ ކަންކަމަށް އިލެކްޝަނުން ހުއްދަ ދީފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.