ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން، މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ރަށުގައި ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މާޗު މަހުގެ 8 ވަނަ ދުވަހެވެ. ނަމަވެސް މި ދުވަހާއި ގުޅިގެން ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ދުވަހާއިގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ރާވާފައި ވަނީ މާޗް މަހުގެ 11 އަދި 12 މި ދެ ދުވަހުއެވެ.
މާރޗް 11 ވަނަ ދުވަހު ކަނބަލުންނަށް ހާއްސަކޮށް ކުޅިވަރު ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ރާވާފައިވާއިރު، މި ކުޅިވަރު ރަކާތުގައި 18 އަހަރުން މަތީގެ ހުރިހާ ކަނބަލުންނަށް ވެސް ބައިވެރިވެވޭނެ ކަމުގައި އެ ކޮމެޓީން ވަނީ ހާމަކޮށްފައެވެ.
މާރޗް 12 ވަނަ ދުވަހު ކަނބަލުންގެ ހުނަރު ދައްކާލުމުގެ މައުރަޒެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި މައުރަޒުގައި އެކިބާވަތުގެ ކާބޯތަކެތި ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އެ މައުރަޒުގައި ބައިވެރި ކުރެވޭނެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ބާވަތްތަކާއި، އަތްތެރި މަސައްކަތުން އުފައްދާ ބާވަތްތަކުގެ އިތުރުން ދަނޑުވެރިކަމުގެ ބާވަތްތަކެވެ.
މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، ނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް ދުރުވެ މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 03 މާޗް 2022 ދުވަހުގެ 14:00 ގެ ކުރިން އެ ކައުންސިލަށް ހުށަހެޅުމަށް އެ ކޮމެޓީން ވަނީ އެދިލައްވާފައެވެ.
މި މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ވިއްކާތަކެތިން ލިބޭ ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ވިއްކާ ފަރާތަށެވެ. މައުރަޒުގައި ވިއްކާތަކެތި ގަތުމުގެ އިންތިޒާމް އެންމެހާ ފަރާތްތަކަށް ހުޅުވާލެވިފައިވާކަން އެ ކޮމެޓީން ވަނީ ފާހަގަ ކޮށްފައެވެ.
މި ހަރަކާތްތަކާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ނަޒްމީނާ އަހްމަދާއި ގުޅިއްވުމަށް އެ ކޮމެޓީން އެދިލައްވައެވެ
ނަމްބަރު: (9534333)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!