އިއްޔެ ހަވީރު އައްޑޫ ސިޓީ ހިތަދޫ މާކިޅީގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިއިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ އިއްޔެ ހަވީރު 16:20 ހާއިރުއެވެ.
މިހާދިސާގެ ރިޕޯޓު ލިބުމާއެކު އަލިފާން ނިއްވާލުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވާންފެށި ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި މާ ކިިޅި ސަރަހައްދުގައި ރޯވި އަލިފާން ވަނީ ފަތިހު 04:00 ހާއިރު ނިއްވާލެވިފައެވެ.
"އަލިފާންގަނޑު އަލުން ރޯވެދާނެކަމަށްޓަކާ އެ ސަރަހައްދު ދަނީ މޯނީޓަރ ކުރަމުން" އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އައްޑޫގައި ގުޅިފައިވާ ގިނަ ރަށްތަކުން ކަރަންޓް ވެސް ކެނޑުނު ކަމަށެވެ. ނަމަވެސް އެ ރަށްތަކުން ކަރަންޓް ކެނޑުމާއި އަލިފާނުގެ ހާދިސާއާއި ގުޅުމެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
އައްޑޫ ސިޓީ ހިތަދޫ މާކިޅީގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ އެ އަލިފާން ގަނޑު ވަރަށް ބޮޑު ސަރަހައްދަކަށް ފެތުރުނު ފަހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!