ހއ. ތަކަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުކަމުގެ ހުސްވެފައިވާ މަގާމަށް އިންތިޚާބުވި މެންބަރުން އޭނާގެ މަސްއޫލިއްޔަތާއި ހަވާލުވެއްޖެއެވެ.

ތަކަންދޫ ކައުންސިލްގެ ރައީސް ހުސެއިން ނައީމް "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކޮމިޓީއަށް އަލަށް އިންތިހާބު ވެފައި ވަނީ އެރަށު ޗަނބޭލީގެ ޞަފިއްޔާ އިބްރާހީމް ކަމަށެވެ.

Ad
rt

މިގާމަށް ކުރިމަތި ލުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ)އިން ހުޅުވާލާފައި ވަނީ އެކޮމިޓީގެ މެމްބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އީސީން ހުޅުވާލި ފުރުސަތަށް ސޮފިއްޔާ ފިޔަވައި، އިތުރު މީހަކު ކުރިމައްޗަށް ނުލައެވެ. އެހެންކަމުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދުގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޞަފިއްޔާ އެ މަގާމަށް އިންތިޚާބުވެއްޖެކަން އީސީން ވަނީ ކަނޑައަޅައި، މިދިޔަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު އެކަން އާންމުކޮށް ޢިއުލާން ކޮށްފައެވެ.

މި އިންތިޚާބަށް ސޮފިއްޔާ ކުރިމަތިލައްވާފައިވަނީ މިނިވަން ކެނޑިޑޭޓްއެއްގެ ގޮތުގައެވެ.

ސޮފިއްޔާއިއެކު އެކޮމިޓީގައި މިވަގުތު ތިއްބެވީ އަމިއްލަ ގޮތުން ކުރިމަތިލާފައިވާ 3 ބޭފުޅަކާއި އެމް.ޑީ.ޕީ ތަމްސީލް ކުރާ 2 ބޭފުޅެކެވެ.