މެދުވެރިވެފައިވާ ހާލަތާއި ގުޅިގެން ޕީސީއާރު ޓެސްޓްގެ ނަތީޖާ ލިބުމުގައި ލަސްތަކެއް ކުރިމަތިވެދާނެ ކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވެއްޖެއެވެ.

އެ މަރުކަޒުގެ ރަސްމީ ފޭސްބުކް ޕޭޖު އަދި ވައިބާ ގްރޫޕްމެދުވެރިކޮށް އާންމުކޮށްފައިވާ މެސެޖެއްގައި ވިދާޅުވީ، ޕީ.ސީ.އާރު ޓެސްޓް ހެދުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވޭ ސާމްޕަލް ތަކުގެ އަދަދު ވަރަށް ބޮޑު އިތުރުވެފައިވާ ކަމަށެވެ.

Ad
rt

އަދި މިވަގުތު ކޯވިޑާއި ގުޅިގެން ޕީ.ސީ.އާރު ލެބް ގައި މަސައްކަތް ކުރައްވާ ބައެއް މުވައްޒަފުން ކަރަންޓީން ކުރެވިފައިވުމާއެކު ކުރިއަށް އޮތް ދުވަސް ތަކުގައި ޕީ.ސީ.އާރު ޓެސްޓްގެ ނަތީޖާ ލިބުމުގައި ލަސްތަކެއް ކުރިމަތިވެދާނެ ކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވިއެވެ.

"ހަތަރު ވަރަކަށް ދުވަސް ހޭދަވުންވެސް އެކަށީގެންވެއެވެ. މިފަދަ ހާލަތްތަކުގައި ކެތްތެރިކަން އިސްކުރެއްވުމަކީ ރައްޔިތުންގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެކެވެ." ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވެފަވެއެވެ.

ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވް ކޭސްތަކެއް ފެންނަމުންދާ ކަމަށާއި، އަދި ކޯވިޑްގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކަވާ ފަރާތްތައްވެސް ދަނީ އިތުރުވަމުން ކަމަށް އެ މަރުކަޒުން ވަނީ ފާހަގަ ކުރަށްވާފައެވެ.

އެހެންކަމުން މިހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ވަރަށް މުހިއްމުކަން ހަނދާންކޮށްދެމުން، ގިނަގިނައިން އަތްދޮވުމާއި، މާސްކު އެޅުމާއި، އެއްވެ އުޅުން މަދުކުރުމާއި، އަދި އިޖުތިމާއީ ގައިދުރުކަން އިސްކުރެއްވުމަކީ ކޯވިޑުން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިއްމު ކަންކަން ކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ވަނީ ފާހަގަ ކުރަށްވާފައެވެ.

ކޯވިޑުގެ ސަބަބުން ހަނިމާދޫ މިވަގުތު އޮތީ މޮނިޓަރިން ހާލަތުގައެވެ. މިވަގުތު އެރަށުގައި ކޯވިޑް ބަލިޖެހިފައި ތިބި މީހުންގެ އަދަދަކީ 36 އެވެ. އެރަށުގެ 40 ގެއެއްގައި މިވަގުތު 86 މީހުން ހޯމް ކަރަންޓީނުގައި އެބަތިއްބެވެ.