"ބޭސިކްސް އޮފް އެންޓަރޕްރިނިއަރޝިޕް" ނަމުގައި ކުޅުދުއްފުށި ސިޓީގައި ވެބިނާއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މި ވެބިނާއަކީ އެކައުންސިލާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

Ad
rt

އެގޮތުން ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށް ގެންދެވޭ މި ވެބިނާގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ރަޖީސްޓްރީ ވުމަށް ހަމަޖެހިފައިވަނީ Meeting Registration - Zoom މި ލިންކް މެދުވެރިކޮށް ނުވަތަ 6527177 ނަންބަރ ފޯންއާ ގުޅުއްވައިގެންނެވެ.

މި ވެބިނާ އޮންނާނީ މާދަމާ މެންދުރުފަހު 14:00 އިން 15:30 އަށެވެ.