ކޯވިޑްގެ އާ ވޭރިއަންޓް، އޮމިކްރޮންއާ ގުޅިގެން ޔޫކޭގެ ރެޑް ލިސްޓަށް ލި 11 ގައުމު އަލުން އެ ލިސްޓުން އުނި ކުރަން އެ ގައުމުން ނިންމައިފިއެވެ.
އޮމިކްރޮންއާ ގުޅިގެން ޔޫލޭގެ ރެޑް ލިސްޓަށް ލީ އެންގޯލާ އާއި ބޮޓްސްވާނާ އާއި އެސްވަޓީނީ އާއި ލެސޯތޯ އާއި މަލާވީ އާއި މޮޒަންބީކާއި ނަމީބިއާ އާއި ނައިޖީރިއާ އާއި ދެކުނު އެފްރިކާ އާއި ޒަމްބިއާ އަދި ޒިމްބާބުވޭއެވެ. މި ގައުމުތައް ރެޑް ލިސްޓަށް ލީ މިދިޔަ ނޮވެމްބަރު މަހުއެވެ.
މި ގައުމުތައް ރެޑް ލިސްޓުން އުނި ކުރާނީ މިއަދުން ފެށިގެންނެވެ.
ޔޫކޭގެ ހެލްތު ސެކްޓްރީ ސާޖިދު ޖާވިދު ވިދާޅުވީ ޔޫކޭގައި އޮމިކްރޮން ފެތުރިފައިވާ އަދަދަށްބަލައި ފިޔަވަޅު އެޅުމުގެ ބޭނުން އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ރެޑް ލިސްޓުން ގައުމުތައް އުނި ކުރިނަމަވެސް އަދިވެސް އެގައުމަށް ވަނުމަށް ކޯވިޑް ޓެސްޓް ހަދަން ޖެހޭނެއެވެ. އަދި ވެކްސިން ފުރިހަމަ ނުކުރާނަމަ ކަރަންޓީން ވާން ޖެހޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!