ރައްޔިތުންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މެއިންޓަރނެންސް އެއް ކުރިއަށްދާތީ ބައެއް ހިދުމަތްތަކަށް ބުރޫ އަރާނެ ކަަމަށް ބުނެފިއެވެ.
އަހަރެންގެ ބޭންކް ބީއެމްއެލް އިން ކުރި ޓުވީޓެއްގައި ބުނީ މިރޭ ދަންވަރު 02:30 ން 03:30ށް އިންޓަރނެޓް ބޭންކިންގއާ އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކާއި ޕޭމަންޓް ގޭޓްވޭގެ، ޔޫއެސްޑީ ބުކިިންގ ޕޮޓަލް އަދި މޮބައިލް ޕޭގެ ހިދުމަތަށް 30 ވަރަކަށް މިނެޓަށް ބުރޫ އަރާނެ ކަމަށެވެ.
މި ގަޑިތަކުގައި ކުރިން ރާވާފައިވާ ގޮތަށް މެއިންޓެނެންސް މަސައްކަތެއް ކުރިއަށްދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މިފަހަރު ބޭންކުން މައާފަށް އެދިފައެއް ނުވެ އެވެ. އާދައިގެ މަތިން ބޭންކުން މާފަށް އެދިފައި ހުއްޓަސް މީސްމީޑިޔާގެ މަންސަތަކުން ރައްޔިތުންގެ ބޭންކުން މެއިންޓަރނެންސް އަށް ޚިދުމަތް މެދެކަނޑާލާވަރު ގިނަވެ އަންނަނީ ޝަކުވާ ކުރަމުންނެވެ.
Customers will experience service interruptions to Internet Banking, ATMs, POS machines, Payment Gateway, MobilePay and USD Booking Portal for 30 minutes between 2:30 - 3:30 am tonight (15 December 2021) due to a planned maintenance.
— Bank of Maldives (@bankofmaldives) December 14, 2021
ބީއެމްއެލްއިން މިމަހުގެ 9 ވަނަ ދުވަހުވެސް ވަނީ މެއިންޓަނެންސް މަސައްކަތެއް ކުރުމަށް ބައެއް ޚިދުމަތްތައް މެދުކަނޑާލާފަ އެވެ. މި މަހާއި މިދިޔަ މަހަކީ އަހަރެންގެ ބޭންކުން އިންޓަރނެޓް ޚިދުމަތް ދޭން ފެށީންސުރެއް ރެކޯޑް މިންވަރަކަށް ޚިދުމަތްތައް މެދުކެންޑުނު ދުވަސް ތަކެކެވެ. އެބޭންކުން ބުނަނީ އަޕްގުރޭޑްއެއް ކުރުމަށްފަހު ދިމާވާ މައްސަލައެއް ކަމަށެވެ. ނަމަވެސް އެކަން ހައްލު ކުރުމަށް ފަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އެބޭންކުގެ ސީއީއޯ ވަނީ ދިމާވި ދަތިތަކަށް މަޢާފަށް އެދި އެފަދަ މައްސަލަ އެއް ތަކުރާރު ނުވާނެކަމަށް ވިދާޅުވެފައެވެ. އަދި ކުރިން ޚިދުމަތް ކެނޑުނު ވަރަށް ދެން ނުކެނޑޭނެ ކަމަށްވިދާޅުވެފައެވެ. ނަމަވެސް ދެދުވަސް ނުވެ އަނެއްކާވެސް މައްސަލަ ދިމާވެ ދަންވަރު މެއިންޓަރނެންސް އަށް ޚިދުމަތްތަކަށް ބުރޫއަރާ ވަރު މިވަނީ އިތުރު ވެފައެވެ.
މިއާއި އެކު ރައްޔިތުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ދާދިފަހުން އެބޭންކުން ޓެކްނިކަލް ސްޓާފުން ހޯދަން އިޢުލާން ކުރިކަންވެސް ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!