ހއ. އިހަވަންދޫގައި ހިންގަމުން އަންނަ މިފްކޯ އައިސްޕުލާންޓް ހުއްޓުމުން މަސްވެރިންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

އިހަވަންދޫ މިފްކޯ އައިސްޕުލާންޓަށް މައްސަލަ ޖެހި ޚިދުމަތް މެދުކެނޑިފައިވަނީ މިމަހުގެ 2 ވަނަދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މައްސަލައެއްދިމާވެ ހިދުމަތް މެދުކެނޑިފައި އޮންނަތާ މިއަދަށް 3 ދުވަސް ވެފާވާއިރު އެފަރާތުން އަންނަނީ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.

Ad
rt

އެ އައިސް ޕްލާންޓް ހިންގުމާއި އެރަށުން ހަވާލުވެހުރި އެންމެ އިސް ފަރާތްކަމުގައިވާ ރާޢުފު މިނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވީ، ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ބާރު ސުޕީޑުގައި ކުރިއަށްދާކަމަށެވެ. އެގޮތުން އެކަން ހައްލު ކުރުމަށް ބޭނުންވާ އާލާތްތައް ކޫއްޑޫއިން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ދިމާވެފައިވާ މަށްސަލަ ހައްލުކުރެވި ކުރިއަށް އޮތް 2 ދުވަސްތެރޭ ހިދުމަތް އަލުން ފެށިގެން ދާނެކަމަށް ރަޢޫފު މަޢުލޫމާތު ދެއްވި އެވެ.

މިދުވަސްކޮޅަކީ އުތުރުގެ މަސްވެރިކަން ރަނގަޅުވަމުން އަންނަ ދުވަސްކޮޅަކަށްވެފައި ގިނައަދަދެއްގެ މަސްވެރި އުޅަނދުފަހަރުވެސް އުތުރުގައިހަރަކާތްތެރި ވަމުން އަންނަ ދުވަސްކޮޅެއްކަމުން އިހަވަންދޫއިން އައިސް ލިބުމުގައި ދަތިތަކެއް ދިމާވުމުން މަސްވެރިންނަށް އެކަމުން ގެއްލުންވަމުން ދާކަމަށް މަސްވެރި އިހަވަންދޫއިން ހާމަކޮށްފައިވެއެވެ.

"މަސްވެރިކަމަށް ނުކުންނަ ކޮންމެދުވަހަކީ 10 ޓަނު މަސްބެވޭދުވަހަަށްނުވާނެ. ނަމަވެސް އާނމުގޮތެއްގައި މަސްވެރިކަން އެންމެ ދަށް ދުވަސްކޮޅުވެސް 1 ޓަނުން ދޮޅު ޓަނުން ނޫނީ 800kg ވަރު ބާނާ. މިބާނާ މަސްކޮޅު ފިނި ކޮށްގެން ކޮންމެ ދުވަހަކު އައިސް އަޅަމުން މިބުނާ މަސްކޮޅު 10 ވަރަކަށް ޓަނަށް ހަދާގެން ނޫނީ ގިނަ އުޅަނދުފަހަރު ފެލިވަރަކަށްނުދޭ. ސަބަބަކަށް ވަނީ މަސްކިރާއަގު ދަށްވުމާ ދުއްވަންޖެހޭ ދުއްވުން ދުރުވީމަ ހއ އިން ފުރާގެން މިޖެހެނި ޅ އަތޮޅަށް ގޮސް މަސްކިރަން މީވަރަށްބޮޑު ހަރަދެއް."

މަސްވެރި އިހަވަންދޫ އިން މީސް މީޑިޔާގައި ބުނެފައިވެއެވެ.

މިގޮތައް މިކަން ދިމާވަނީ މަސްކިރާ ބޯއްޓުފަހަރު މިސަރަހައްދުގައި ނެތުމުގެ ސަބަބުންކަމަށާއި ކިތަންމެ މަސްވެރިކަން ދައްވިނަމަވެސް މަހައް ނުކުންނަ ކޮންމެ އޮޑިއެއްވެސް ލިބޭ މަސްކޮޅު މިސަރަހައްދުގަ ބޯއްޓެއް އޮތްކަމަށްވާނަމަ މަސްކޮޅު ކިރާލާނި ބޯއްޓައް ކަމަށް މަސްވެރިން ބުނެއެވެ. މިހާރު ޖެހެނީ ބާނާ މަސްކޮޅު އެކިރަށް ރަށައްގޮސް ވިއްކަންކަމަށާއި، މީ މިސަރަހައްދުގެ މަސްވެރިން ބޭނުންވާނެ ގޮތެއްނޫންކަމަށާއި މަސްކިރާ ބޯއްޓެއް އަބަދުވެސް މިސަރަހައްދުގަ އޮންނަން ޖެހޭނެކަމަށް މަސްވެރިން ގަބޫލުކުރާކަމަށް މަސްވެރިން އަބަދުވެސް އަންނަނީ ބުނަމުންނެވެ.

"ހަމަގައިމުވެސް އެހެންވެއްޖެނަމަ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެގެން ދާނެކަމާމެދު ސައްކެއްވެސްނެތް!"

އިހަވަންދޫ މަސްވެރިންގެ ޝުއޫރު ފާޅުކުރަމުން ބުނެފައިވެއެވެ.

ރާއްޖޭގެ އެންމެ އުތުރުން އޮންނަ އިހަވަންދިއްޕޮޅު ސަރަހައްދަކީ މަސްވެރި ކަމަށް ލޯބިކުރާ މަސްވެރިކަމުން ނަފާހޯދަމުން އަންނަ ގިނަ އާއިލާތަކެއް ދިރިއުޅެމުން ދާ ސަރަހައްދެކެވެ. އިހަވަންދިއްޕޮޅުން މަސްވެރިކަމުގައި ބޮޑެތިކުރިއެރުންތައް ހޯދަމުން އަންނަ ހއ އިހަވަންދޫ އަކީ ރާއްޖޭގެ މުޅި އުތުރުންވެސް އެންމެ ގިނަ މަސްވެރި އުޅަނދު މަހައްފުރާ އެއްރަށޭ ބުނުމަކުން ދޮގަކަށްނުވާނެކަމީ ޔަގީންކަމެކެވެ.

މިކަމާއި ގުޅޭ ގޮތުން މިފްކޯގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.