ހދ. ނޭކުރެންދޫގައި ފެނަކަ ކޯޕަރޭޝަން އިން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައީދު އާއި އެކު މަޝްވަރާކޮށްފި އެވެ.

މި ބައްދަލު ކުރެއްވުމުގައި މަކުނުދޫ ދާއިރާގެ މަޖިލިސް މެންބަރ މުޙައްމަދު ރާޢީ އާއި ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖް އަދި ނައިބް ރައީސް މުޙައްމަދު ޒާހިރު ބައިވެރިވި އެވެ.

Ad
rt

މެންބަރ މުޙައްމަދު ރާޢީ ވިދާޅުވީ މި ބައްދަލުވުމުގައި ނޭކުރަންދޫގައި މިހާރު އެޅުމަށް ކޮންޓްރެކްޓް ކުރެވިފައިވާ ފެނަކަ އޮފީސް އިމާރާތުގެ ކަންކަމާއި އަދި މިވަގުތު ނޭކުރަންދޫ ފެނަަކަ އިންޖީނުގެ ރިލޮކޭޓް ކުރުމުގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

"ނޭކުރަންދޫ ކައުންސިލުން އައު އިންޖީނުގެ އެޅުމަށް ބިންހަމަޖައްސައި ދެއްވުމުން މުޅިން އައު ޒަމާނީ އިންޖީނުގެ އެޅުމުގެ ފުރިހަމަ ޔަގީންކަން ވަނީ ދެއްވާފައި"

ރާޢީ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިހާރު އެރަށުގައި ހުރި އިންޖީނުގެ އޮފީސް އިމާރާތަކަށް ބަދަލު ކޮށް، ނޭކުރަންދޫ ސުކޫލާއި ދަރިވަރުން ނަށް ދިމާވަމުންދާ އުނދަގޫތަކަށް ދާއިމީ ހައްލު ލިބިގެންދާނެކަމަށް ވިދާޅުވި އެވެ.