ށ. ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށިލުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މަސައްކަތް ނިމިފައި ވަނި މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. މިއާއެކު އެ މަޝްރޫއުގެ 53 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ހާބަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން، 24,125 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 1,150 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ވެސް މި މަޝްރޫއުގައި ހިމެނެއެވެ.

މިއީ 28.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.