ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މިބމަޝްރޫއުގެ މަސައްކަތް ނިންމާލީ މި މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން ރަށްގިރުމުން ސަލާމަތްކުރުމަށްޓަކައި 310 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މިއީ 10.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިއަހަރުގެ މިހާތަނަށް އެމްޓީސީސީން ވަނީ 17 މަޝްރޫޢެއްގެ މަސައްކަތް ނިންމާފައެވެ.