ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހިންގާފައިވާ ރެފްރީ ކޯސްތަކުގައި ބައިވެރިވެ ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް އެ އެސޯސިއޭޝަނުން އިޢުލާން ކޮށްފިއެވެ.

މިކަމާއި ގުޅިގެން 27 އޮކްޓޯބަރ 2021 ގައި އެ އެސޯސިއޭޝަނުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެ އެސޯސިއޭޝަނުން ރާއްޖޭގައި ހިންގުނު ރެފްރީ ކޯސްތަކުގައި ބައިވެރިވެ އެ ކޯސްތައް ފުރިހަމަކޮށް އަދި މިވަގުތު މާލެއާއި އަތޮޅުތަކުގައި ރެފްރީކަން ކުރަމުންދާ ރެފްރީންގެ ރަޖިސްޓްރީ އަޕްޑޭޓު ކުރުމަށްޓަކައި އެ ފަރާތްތަކުގެ މަޢުލޫމާތު ބޭނުންވާ ކަމަށެވެ.

Ad
rt

ވުމާއެކު ރެފްރީ ކޯސް ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން 07 ނޮވެމްބަރ 2021 ގެ ނިޔަލަށް https://forms.gle/eUhF1fn95Ugy1kgZ9 މި ލިންކުގައިވާ އޮންލައިން ފޯމް ފުރިހަމަކޮށް ހުށަހަޅަމުން ގެންދިޔުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިލައްވާފައެވެ.

މިގޮތުން ހުށަހެޅޭ މައުލޫމާތުތަކަށް ބަލައިގެން 2022ގައި ފެށުމަށް ހަމަޖެހިފައިވާ، ޕްރިމިއާލީގުގެ އަތޮޅު ކޮލިފައިން ބުރަށް އަތޮޅުތަކުން ރެފްރީން ހޮވާނެކަން ވެސް އެ އެސޯސިއޭޝަނުން ވަނީ ހާމަކޮށްފައެވެ.