ވެށި ފާރަވެރިންގެ ގޮތުގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދަން ވެމްކޯއިން އިއުލާން ކޮށްފިއެވެ.
ވެމްކޯއިން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އެ ކުންފުނިން ހޯދަނީ 30 ވެށި ފާރަވެރިންނެވެ. މި ވަޒީފާގެ އުޖޫރައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 9000ރ. އެވެ.
ވެށި ފާރަވެރިންނަކީ ވެމްކޯއިން ހިދުމަތްދޭ ރަށްތަކުގައި ކުނި ނެގުމުގެ މަސައްކަތް ކުރާ މުވައްޒަފުންނެވެ. މިއީ ފަހަކަށް އައިސް ގިނަ ދިވެހިން ޝައުގުވެެރިވާ ވަޒީފާއެއްވެސް މެއެވެ.
މި ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 12:00އެވެ. ފޯމު ބަލައިގަންނަނީ ވެމްކޯ ހެޑް އޮފީހުންނެވެ.
ވަޒީފާއަށް ކުރިމަތިލާ މީހުން ހުށަހަޅަން ޖެހޭނީ އައިޑީ ކާޑުގެ ކޮޕީއަކާއި ވަޒީފާއަށް އެދޭ ކަމުގެ ފޯމާއި ތިން މަސް ހަމަ ނުވާ ޕޮލިސް ރިޕޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!