އިޤްތިޞާދީ ގޮތުން ހީނަރުކަން އައިސް، ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވި ނަމަވެސް އުތުރު ކޮރެއާގެ ފައިސާ ނުވަތަ "ނޯތް ކޮރެއަން ވޮން" އެ ގައުމުގައި އެމެރިކާގެ ޔޫ.އެސް ޑޮލަރަށްވުރެ 25 އިންސައްތަ ކުރިއަށް ޖެހިލައިފިއެވެ.

އާންމު ގޮތެއްގައި ޤައުމަކަށް ދަތި ހާލެއްގެ ކުރިމަތިވެއްޖެ ނަމަ، އެޤައުމެއްގެ ފައިސާގެ އަގު ދަށްވެއެވެ. ނަމަވެސް ކިމް ޖޮން އުންގެ އުތުރު ކޮރެއާއަށް ބަލާއިރު އެޤައުމުގެ ފައިސާއަށް ވަނީ ކުރިއެރުންލިބިފައެވެ.

Ad
rt

ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ކާބޯތަކެއްޗަށް އެޤައުމު ނުޖެހޭ މިންވަރަށް ފާއިތުވި 2 އަހަރުގެ ތެރޭގައި އެޤައުމު ވަނީ ކާބޯތަކެއްޗަށްވެސް ޖެހިފައެވެ.

ޑޮލަރަށް ވުރެ ވޮން ކުރިއަރާފައިވާތީ އުތުރު ކޮރެއާގެ ދެ މީޑިއާއަކުން ވަނީ ތަހުޤީގެއްކޮށްފައެވެ. އެގޮތުން ދެ މީޑިއާއިން ކުރި ދިރާސާ ދައްކާ ގޮތުން 2020 ވަނަ އަހަރު 15 އިންސައްތަ ޑޮލަރަށްވުރެ ވޮން ކުރިއަރާފައިވާކަމަށް ދައްކައެވެ.

ކޮވިޑް 19 އާއި ގުޅިގެން ރައީސް ކިމް ވަނީ އުތުރުކޮރެއާ ބަންދުކޮށްފައެވެ. މިއާއި އެކު އެޤައުމަށް ބޭރު ފައިސާ ވަނުން ވަނީ ހުއްޓި، ބޭރު ފައިސާއަށް އޮތް ޑިމާންޑް ދަށް ވެގެންދިއައެވެ. އަދި ބޭރު ފައިސާ ޤައުމުން ބޭރު ނުކޮށް ހިފެހެއްޓުމަށް ނިންމި ނިންމުމާއި އެކު އިޤްތިޞާދީ މާހިރުވަނީ ކިމްގެ މި އަމަލާއި މެދު ފާޑުކިޔާފައެވެ.

ޤައުމެއްގެ އިޤްތިޞާދު ހީނަރުވެފައިވާއިރު އާންމު ގޮތެއްގައި ޤައުމެއްގެ ފައިސާގެ އަގު ދަށްވާނެކަމަށާއި ނަމަވެސް، އުތުރު ކޮރެއާގައި ކަންތައް ވެގެން މިދަނީ އޭގެ އިދިކޮޅަށްކަމަށް އުތުރު ކޮރެއާގެ ސިއޯލް ނެޝަނަލް ޔުނިވަރސިޓީގެ ޕްރޮފެސަރު ކިމް ބިޔުންގް ޔިއޯން ވަނީ ވިދާޅުވެފައެވެ.

އުތުރު ކޮރެއާގެ ދެ މީޑިއާއަކުން ހެދި ދިރާސާއަށް ބަލާއިރު، އުތުރު ކޮރެއާގައި ޑޮލަރެއްގެ އަގު 100 ވޮން ގައި ހިފެހެއްޓިފައި ހުންނަތާ 10 އަހަރުވެފައިވާއިރު، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 5،200 ވޮން އަށެވެ.

ކަޅު ބާޒާރުގައި ފައިސާ ވިއްކުމަކީ އުތުރު ކޮރެއާގައި ޤާނޫނީ ކުށަކަށްވާއިރު، މި ދެމީޑިއާކަމަށްވާ، އޭޝިޔާ ޕްރެސް އިންޓަރނޭޝަނަލް ޖަޕާން އާއި ސިއޯލްގެ ޑެއިލީ އެން.ކޭ ގުޅިގެން ވަނީ މިކަމާއި ބެހޭ ތަހުޤީގުތައް ކޮށްފައެވެ.

އެގޮތުން ކަޅު ބާޒާރުގައި ފައިސާ ވިއްކާ ބަޔަކާއި ގުޅިގެން އެމީހުން ވަނީ ކަޅު ބާޒާރުގައި ހިނގާ ޑޮލަރުގެ މުއާމަލާތައް ބަލާފައެވެ.

ޑެއިލީ އެން.ކޭ މީޑިއާއިން ބުނެފައިވާ ގޮތުގައި 2003 ވަނަ އަހަރުގެ ކުރީ ކޮޅު ޑޮލަރުގެ ރޭޓް ހިފެހެއްޓިފައިވަނީ، ޑޮލަރެއް 8،000 ވޮން އަށެވެ. ނަމަވެސް ވޮންގެ އަގު 2020 ވަަނަ އަހަރު ވަނީ ބޮޑުވެފައެވެ. އެގޮތުން ފާއިތުވި އޮގަސްޓްމަހާއި ހަމައަށް މަހަކު އެވްރެޖްކޮށް 4،723 އަށް ވޮންގެ އަގު އުފުލުނެވެ. އަދި މިއީ 2012 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ވޮން އަށް ލިބުން ކުރިއެރުމެއްކަން ފާހަގަކޮށްފައިވެއެވެ.

ގިނަ ބަޔަކު ޤަބޫލް ކުރާ ގޮތުގައި އުތުރު ކޮރެއާގެ ފައިސާ ކުރިއަރާފައި މިވަނީ ކޮވިޑް 19ގެ ހާލަތާއި ގުޅިގެންނެވެ.

2017 ވަނަ އަހަރުން ފެށިގެން އެމެރިކާއިން އުތުރު ކޮރެއާއަށް ތަކެތި ފޯރުކޮށްދިނުމަށް ބާރުއަޅަމުން ދިޔަ ނަމަވެސް އުތުރު ކޮރެއާއިން ވަނީ ޗައިނާއާއި ގުޅިގެން ވަގަށް ތަކެތި ޤައުމަށް ވައްދާފައެވެ.

ނަމަވެސް 2020 ވަނަ އަހަރު އުތުރުކޮރެއާގެ ބޯޑަރު ބަންދުކުރަން ޖެހުމުން ކަންތައްތައްވަނީ ބަދަލުވެގެން ގޮސްފައެވެ. މިއާއި އެކު އުތުރު ކޮރެއާއަށް އެންމެ ގިނަ އަދަދަކަށް އެއްޗެހި އެތެރެކުރާ ޗައިނާއިން އެތެރެކުރާ ތަކެތީގެ ނިސްބަތް 90 އިންސައްތަ ދަށަށްޖެހުނެވެ.

އިމްޕޯރޓް ކުރާ މިންވަރު ދަށްވި ނަމަވެސް ޑޮލަރުގެ އަގު މިހާ ދަށްވެގެން ގޮސްފައިވަނީ އުތުރުކޮރެއާގެ ރައީސްގެ ސިޔާސަތުތަކުގެ ސަބަބުންކަމަށް ކަމާއި ބެހޭ މާހިރުން ދަނީ ބުނަމުންނެވެ.

މީގެ އިތުރުން ބޭރުގެ ރީޓެއިލަރުންނާއި ކުރެވޭ ފައިސާގެ މުޢާމަލާތްތަކުގައިވެސް ވޮން ބޭނުންކުރުމަށް އުތުރުކޮރެއާއިން ދަނީ ބާރުއަޅަމުންނެވެ. އަދި އުތުރުކޮރެއާގެ ވިޔަފާރިވެރިންނަށާއި ވަކި ވަކި ފަރުދުންވެސް އެމީހުންގެ އަތުގައި ހުރި ޑޮލަރު ބެންކްތަކަށް ޖަމާކުރުމަށް ސަރުކާރުން ބުނަމުންދާކަމަށް ޚަބަރުތަކުގައި ވަނީ ބުނެފައެވެ.

ވޮންގެ އަގު ޑޮލަރަށް ވުރެން މަތިވުމުން އުތުރު ކޮރެއާގެ ސަރުކާރަށް އޭގެ ފައިދާ ވީ ނަމަވެސް މިކަމުގެ ސަބަބުން އުތުރު ކޮރެއާއަށް ކުރިމަގުގައި ގެއްލުންތަކެއް ވުން އެކަށީގެންވާކަމަށްވެސް ކަމާއި ބެހޭ މާހިރުން ވިދާޅުވެއެވެ.