ބޮޑު ތިލަދުންމަތީގެ 3 އަތޮޅު، ހއ ، ހދ އަދި ށ އަތޮޅު ގެ މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެން މަހާސިންތާއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
މި މަހާސިންތާ އަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ ފަރާތުން ހިންގާ މަހާސިންތާއެކެވެ.
" މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ"ގެ ނަމުގައި މި މަހާސިންތާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިން ކޮށެވެ.
އަދި މި މަހާސިންތާގައި ބައިވެރިވާން ބޭނުންވާ މަދަނީ ޖަމިއްޔާތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، ބައިވެރިވުމަށް ޚާއްސަ ކުރެވިފައިވާ ލިންކް، މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ.
ބައިވެރިވާން އެދޭ މަދަނީ ޖަމިއްޔާތަކުން ރަޖިސްޓަރ ވުމަށް ޚާއްސަ ކުރެވިފައިވާ ލިންކު މެދުވެރިކޮށް މި މަހުގެ 21 ވަނަ ދުވަހުގެ 12:00 ގެ ކުރިން ރެޖިސްޓަރ ކުރަންޖެހޭނެއެވެ.
މި މަހާސިންތާ ކުރިއަށް ދާނީ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!