ހދ. އަތޮޅު ތަރައްޤީގެ މަހާސިންތާ މިއަދު ފަށައިފިއެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ނިންމާފައިވާ މި މަހާސިންތާ ކުރިއަށް ދަނީ ހދ. ހަނިމާދޫ ސްކޫލް ހޯލް ގައެވެ.

Ad
rt

މި މަހާސިންތާއަކީ އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފަސޭހައިން ގާތުން ފޯރުކޮށްދިނުމާއި އަތޮޅުގެ މާލީ ތަނަވަސްކަން ރައްޔިތުންނަށް ހޯދައިދިނުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށް ފަހި ގޮތްތަކެއް ހޯދުމަށް ބާއްވާ މަހާސިންތާއެއް ކަމަށް ހދ. އަތޮޅު ކައުންސިލުން ވިދާޅުވިއެވެ.

މި މަހާސިންތާގައި ހދ. ގެ ދެ ދާއިރާއެއް ރައްޔިތުންގެ މަޖިލިސްގައި ތަމްސީލް ކުރައްވާ ދެ މެންބަރެއްގެ އިތުރުން ހދ. އަތޮޅު ކައުންސިލްގެ މެންބަރުންނާއި، އިތުރު ކައުންސިލަރުންނާއި، ކައުންސިލްތަކުގެ ބައެއް އިދާރީ އިސްވެރިންނާއި، ސްކޫލްތަކުގެ އިސް ވެރިންނާއި، ކްލަބް ޖަމިއްޔާތަކާއި، އެހެނިހެން ކަމާގުޅޭ ބައެއް ފަރާތްތަކުން ދަނީ ބައިވެރިވަމުންނެވެ.

މި މަހާސިންތާގައި ބައިވެރިވެ ވަޑައިގަންނަވާ ހދ. ގެ ތިން ދާއިރާއެއް ރައްޔިތުންގެ މަޖިލިސްގެ މެންބަރުން ބައިވެރިވިއެވެ. އެއީ ދާއިރާގެ މެންބަރު އަބުދުލްޣަފޫރު މޫސާއާއި، ވައިކަރަދޫ ދާއިރާހެ މެންބަރު ހުސައިން ޒިޔާދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދު ﷲ (މޮސްޓާ) އެވެ.