އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ށ. ފުނަދޫ ދާއިރާގެ ރައީސްކަން އަޙްމަދު ޞަބްރީ ކާމިޔާބު ކުރައްވައިފި އެވެ.
ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ފުނަދޫ ދާއިރާގެ ރައީސްކަމަށް އަޙްމަދު ޞަބްރީގެ އިތުރުން 2 ކެނޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އެއީ ޢަބްދުލްޙަންނާން ޙުސައިން އާއި މުހައްމަދު އަބްދުލް ސަލާމް އަދި އަހުމަދު ޒުމްރަތު އެވެ.
ފުނަދޫ ދާއިރާގެ ނައިބް ރައީސްކަމަށް ކުރިމަތިލާފައިވަނީ 3 ފަރާތަކުންނެވެ. ނައިބް ރައީސްގެ މަގާމް ކާމިޔާބް ކުރެއްވީ މުހައްމަދު ތަސްމީން އެވެ. ވާދަކުރެއްވީ ޙުސައިން ޝަކީބު އާއި އަބްދުއްލޯ އަލީ އެވެ.
އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ މި އިންތިހާބުގައި، 165 މީހުން ވަނީ ވާދަވެރިއަކު ނެތުމުން އިންތިހާބަކާ ނުލައި ހޮވިފަ އެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000 އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އެމްޑީޕީން ބުނެފައި ވެ އެވެ. އަދި އެކި ދާއިރާތަކަށް 733 ކެނޑިޑޭޓުން ވާދަކުރި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!