ހުންއައިސް، ރޯގާ ޖެހިގެން ފަރުވާ ހޯދަން އަންނަ މީހުން ޑޮކްޓަރަށް ދައްކަން ހާއްސަކޮށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ އެ ފްލޫ ކްލިނިކުން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:30 އިން ރޭގަނޑު 10:00އަށް ހިދުމަތް ދޭނެ ކަމަށެވެ. އެތަން ހުޅުވާފައި ހުރީ އެފްއޭއެމްގެ ކުރީގެ އިމާރާތުގައެވެ.
އެ ހޮސްޕިޓަލުން ބުނީ ކޯވިޑް-19ގެ އަލާމާތްތައް ކަމުގައިވާ ހުމާއި ރޯގާ އަދި ކެއްސުމުގެ އަލާމާތެއް ހުރި މީހަކު ހޮސްޕިޓަލަށް ދިޔަ ކަމުގައި ވިޔަސް ފްލޫ ކްލިނަކަށް ދާން އިރުޝާދު ދޭނެ ކަމަށެވެ.
އެހެންވެ ހުމާއި ރޯގާގެ އަލާމާތެއް ހުރެއްޖެ ނަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި ކްލިނިކަށް ދިއުމަށް އިލްތިމާސްކޮށްފައިވެއެވެ.
ކޯވިޑް-19އާއި ގުޅިގެން އެ ހޮސްޕިޓަލުން އައީ އެ ހޮސްޕިޓަލްގައި ވެސް ފްލޫ ކްލިނިކެއް ހިންގަމުންނެވެ.
ކޯވިޑްގެ ހާލަތު ވެރިރަށް މާލޭގައި މިހާރު ރަނގަޅުވަމުން އަންނައިރު، ދޭތެރެ ދޭތެރެއިން ހުމާ ރޯގާ ފެތުރެމުން ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!