ސިފައިންގެ ތަމްރީނަށް ރާއްޖެއިން ބޭރުގައި ހުރި އެމްއެންޑީއެފް އޮފިސަރަކު ނިޔާވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި ނިޔާވީ އިންޑިއާ ޕޫނޭގައި ހުންނަ ނެޝެނަލް ޑިފެންސް އެކެޑަމީގައި އޮފިސަރ ކެޑޭޓް ތަމްރީން ހަދަމުންދިޔަ އޮފިސަރެކެވެ.
ނިޔާވެފައި ވަނީ އުމުރުން 22 އަހަރުގެ ޕްރައިވެޓް މުހައްމަދު ސުލްތާން އިބްރާހިމްއެވެ. އެއީ އއ. ހިމަންދޫއަށް ނިސްބަތްވާ އޮފިސަރެކެވެ.
ސުލްތާން ނިޔާވީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސަރ ކެޑޭޓް ތަމްރީނު ހަރަކާތުގައި އުޅެނިކޮށް މިއަދު މެންދުރުފަހުއެވެ.
ސުލްޠާން ނިޔާވެފައި ވަނީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ، ކޭމްޕް ގްރީންހޯންގައި މިއަދު އޮތް އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
"މިއަދު މެންދުރުފަހުއޮތް މިދުވުމުގެތެރޭގައި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާނު ވެއްޓުމުން ވަގުތުން އިމަޖެންސީގައި 13:58 ހާއިރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާނު ވަނީ ނިޔާވެފައެވެ." އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި ސްޓޭޓްމަންޓެއްގައި ވިދާޅުވެފަވެއެވެ.
2018 އޭޕްރީލް 8 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިލެއްވި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން ފުރިހަމަ ކުރަމުންދިޔައީ 2021 މާރިޗް 1 އިން 2004 މާރިޗް 15 އަށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށްގެންދިޔަ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހެވެ.
މިކޯހަށް ދިއުމުގެ ކުރިން ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން މަސައްކަތްކުރައްވަމުން ގެންދެވީ އިންޓަގްރޭޓެޑް ހެޑްކްއޯޓަރޒް (ޖޭ-1) ގައެވެ. ލާންސް ކޯޕްރަލް މުޙައްމަދު ސުލްތާން އަށް ލާންސް ކޯޕްރަލް ކަމުގެ ރޭންކް ލިބިފައިވަނީ މި ކޯސް ފުރިހަމަ ކުރަމުން ދަނިކޮށްންނެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ނިޔާވި ސިފައިންގެ އޮފިސަރުގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ކުރައްވަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!