ހއ. ދިއްދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރއކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިމާރާތް ކުރަމުން އަންނަ ފެރީ ޓާމިނަލުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ޓާމިނަލުގެ ފައުންޑޭޝަން ފޫޓިންގ މަސައްކަތްތަކުގެ 70 އިންސައްތަ ނިމިފައިވާ ކަމަށެވެ.

Ad
rt

މި ފެރީ ޓާރމިނަލަކީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރާ ޓާރމިނަލެކެވެ. މި ނެޓްވޯކަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަށާ ނެޓްވޯކެކެވެ.

މި މަޝްރޫއު ތަންފީޒު ކުރާނީ 3 ފިޔަވައްސެއްގެ ދަށުންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ފެރީ ޓާރމިނަލް ތަރައްގީ ކުރާނެއެވެ.

އެމްޓީސީސީން ބުނީ މި ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ޙިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެ ކަމަށެވެ.