ހއ. ހޯރަފުށީގެ ފެނަކައިގެ އާ އޮފީހުގެ ބިންގާ އަޅައިފިއެވެ.

ހުކުރު ދުވަހު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އޮފީހުގެ ބިންގާ އަޅުއްވައިދެއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދެވެ.

Ad
rt

ފެނަކައިން ބުނީ މި އޮފީހުގެ މަސައްކަތް ނިމުމުން އެ ކުންފުނީގެ އޮފީހުގެ ހުރިހާ މަސައްކަތެއް އާ އޮފީހަށް ބަދަލު ކުރެވޭނެ ކަމަށެވެ.

މި އޮފީހަކު ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތް ދެމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އާ އޮފީސް ވެގެންދާނީ އެ ކުންފުނީގެ މުވައްޒަފުންނަށް މަސައްކަތް ކުރަން ފަސޭހަ އަދި ރައްކާތެރި މާހައުލަކަށް ކަމަށް ވެސް ފެނަކައިން ބުންޏެވެ.