އަފްގާނިސްތާންގެ ވެރިއަރަށް ކާބުލްގެ ވައިގެ ބަނދަރު އަލުން ހުޅުވާލުމަށް އެހީތެރިކަން ފޯރުކޮށްދީ، ލޯކަލް ފްލައިޓްތަކުގެ ދަތުރުތައް ކުރުމަށް އަލުން ހުޅުވުމަށް ބޭނުންވާ ބައެއް ކަންކަން ކުރުމަށް ގަތަރުގެ ފަންނީ ޓީމަކުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ގަތަރުގެ އެންބެސެޑަރ ހާމަކޮށްފައިވާ ގޮތުގައި އެއަރޕޯޓުގެ ރަންވޭއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ގަތަރުގެ ފަންނީ ޓީމުން އެއްރޕޯޓްގައި ރަންވޭގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ޚަބަރުތައް ބުނެއެވެ.
ކާބުލްގެ ވައިގެ ބަނދަރު މިހާރު އޮތް ހާލަތަށް ބަލާއިރު، އެއަރ ޓެރެފިކް ކޮންޓްރޯލްގެ ޙިދުމަތް ދިނުމުގައި ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާނެކަމަށް އެމްބެސަޑަރ ފާހަގަކޮށްފައިވެއެވެ.
ރަންވޭއަށް ގެއްލުންތައް ލިބިފައި މިވަނީ ހުޅަނގުގެ ސިފައިންނާއި ރައްޔިތުން ބޭލުމަށް އެމެރިކާއާއި ނޭޓޯގެ ސިފައިން ކާބުލް ވައިގެ ބަނދަރުގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެންނެވެ.
ގަތަރުގެ ފަންނީ ޓީމަކުން ކާބުލްގައި ޚަރަކާތްތެރިވަމުން އަންނަ އިރު ކާބުލްގެ ވައިގެ ބަނދަރުގެ ދަތުރުތައް ފެށުމާއި ގުޅޭ ގޮތުން ތާލިބާނުންގެ އިސްވެރިންނާއި ގަތަރާއި ތުރުކީވިލާތުގެ ކަމާގުޅޭ ދާއިރާގެ ބޭފުޅުންނާއި އެކު މިހަފްތާގައި މަޝްވަރާތަކެއް ކޮށްފައިވާކަމަށް އަލް ޖަޒީރާއާއި ހަވާލާދީ ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!