މާލޭ ސިޓީގެ މާލޭގެ ގެއަކުން ހަރުފައެއް ފެނިގެން ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި ހަރުފަ ފެނިފައި ވަނީ މ. މަރުދާނުގެއިން ކަމަށެވެ.

Ad
rt

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައި ވަނީ މިއަދު 15:33 ގައި ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.

މި ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުޓީމުން ވަނީ އެ ގޭގައި ހަރަކާތްތެރިވެފައެެވެ.

ސިފައިން މިހަރުފަ އަތުލައިގަތުމަށްފަހު މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައި ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އިތުރު މައުލޫމާތެއް އެ އިދާރާއިން ހާމައެއް ނުކުރައްވައެވެ.