ހދ. ނޮޅިވަރަންފަރު މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ މިއަދު ހެނދުނު 7:41 އިން ފެށިގެންނެވެ.

Ad
rt

އެރަށް މޮނިޓަރިން ހާލަތަށް ގެނެސް އެޗްޕީއޭއިން ނޮޅިވަރަންފަރު ކައުންސިލަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން އެ އިދާރާގެ ހުއްދަނެތި ނޮޅިވަރަންފަރަށް އެރުމާއި، ފޭބުން މަނާކޮށްފައިވާ ކަމަށް އެ ލިޔުމުގައި ބުނެފަވެއެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމް "ތިލަދުން"އަށް ވިދާޅުވީ އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައިވަނީ ނޮޅިވަރަމް ކްލަސްޓާއާއި ގުޅިގެން ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަކުރެވުނު އެރަށުގެ މީހެއް ޕޮޒިޓިވްވުމާއި ގުޅިގެން ކަމަށެވެ. އަދި އެ ކޭހާއި ގުޅިގެން ކުރިއަށް ގެންދަވަންޖެހޭ ކަންކަން މިހާރު ކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއީ ނޮޅިވަރަންފަރުން ކޯވިޑް ކޭހެއް ފެނުނު ފުރަތަމަ ފަހަރެވެ.

ޕޮޒިޓިވް ކޭސްތަކެއް ފެނިގެން ނޮޅިވަރަމް ވެސް މޮނިޓަރިން ހާލަތަށް ގެނެސްފައި އޮތްއިރު، އެރަށް އެ ހާލަތަށް ގެނައީ މިދިޔަ ހޮނިހިރު ދުވަހުއެވެ.