ހދ.ކުމުންދޫ ނޭޗާރ ޕާކް (ވެހިސަރާ) ސަރަހައްދުގެ ކޮންސެޕްޓް ޑިޒައިންއާއި އެންވަޔަރަންމެންޓް އިންސްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ.

ކުމުންދޫ (ވެހިސަރާ) ނޭޗަ ޕާކަކީ ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމްޢިއްޔާއާއި އެ ޖަމްޢިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއްކަމުގައިވާ ޒީރު ސްޕޯޓްސް ކުލަބުގެ ފަރާތުން އެރަށު ކަނޑޫފަލުގައި ތަރައްޤީ ކޮށްފައިވާ ޕާކެކެވެ.

Ad
rt

މި ޕާކުގެ ފެންގަނޑު މެދުގައި ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލުމަށް ހަޓަކާއި އަދި ހަޓަށް ދިޔުމަށް 60 ފޫޓު ދިގުމިނުގެ ފާލަމަކާއި، ކަނޑޫފަލުގެ ފެންގަނޑު ހުރަސް ކުރުމަށް 12 ވަރަކަށް ފޫޓްގެ ބުރިޖެއް އަޅާފައިވެއެވެ. އަދި އުނދޯއްޔާއި ލަކުޑި ބެންޗްތައް ވެސް އެތަނުގެ ބެހެއްޓިފައި ހުރެއެވެ. އަދި އެތަން ތަރައްޤީ ކޮށްފައިވަނީ ކުޅީގެ ހިތްގައިމުކަން ބަލައިލުމަށް ކެނޯވެސް ދުއްވާލެވޭ ގޮތަށެވެ. މި ޕާކް ރަސްމީކޮށް ހުޅުވައި ކުމުންދޫ ކައުންސިލާއި ހަވާލުކޮށްފައިވަނި 05 ސެޕްޓެމްބަރ 2020 ގައެވެ.

ކުމުންދޫ ކައުންސިލުން އެތަނުގެ ކޮންސެޕްޓް ޑިޒައިނިންއާއި އީއައިއޭ ހަދައިދޭނެ ބަޔެއް ހޯދުމަށް 30 އޯގަސްޓް 2021 ގައި ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެ މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް 13 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00ގައި އެ އިދާރާގައި އޮންނާނެ ކަމަށެވެ.

އެ މަސައްކަތަށް ބިޑު ހުށައެޅޭނީ ހަމައެކަނި އެ އިދާރާގައި ރަޖިސްޓްރީ ކުރާފަރާތް ތަކަށް ކަމަށާއި، ބިޑުހުށަހެޅުމަށް ރަޖިސްޓްރީ ކުރުން ކުރިއަށް ދާނީ 02 ސެޕްޓެމްބަރ 2021 އިން 09 ސެޕްޓެމްބަރ 2021 އަށް ބަންދުނޫން ކޮންމެދުވަހެއްގެ 9:00 އިން 12:00އަށް ކަމުގައި އެ ކައުންސިލުން ވަނީ ހާމަ ކޮށްފައެވެ. އަދި މީގެއިތުރުން ރަޖިސްޓްރީ ކުރަން އެދޭފަރާތްތަކުން އެ އިދާރާއަށް ދުރުވެ ނުވަތަ އެ އިދާރައިގެ އީމެއިލް އެޑްރެސް: info@kumundhoo.gov.mv އަށް ރަޖިސްޓްރީ ވުމަށް އެދި އީމެއިލް އެއް ފޮނުވައިގެން ވެސް ބިޑުގައި ރަޖިސްޓަރީ ވެވޭނެ ކަމުގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވެއެވެ.

އެ މަސައްކަތް ކޮށްދިނުމަށް އެދި ބިޑު ހުށަހެޅުމާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 20 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00ގައި އެ އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެ ކަމަށާއި އަދި މީގެއިތުރުން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ދިވެހިރއްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަން ވާނެ ކަމުގައި އެ ކައުންސިލުން ބުނެފައިވެއެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި އެ ކައުންސިލުން މި މަސައްކަތާއި ގުޅޭގޮތުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.