ޔޫރަޕްގެ ޤައުމުތަކަށް ބަލާއިރު އިޓަލީގެ ސިސިލީގެ ހޫނުމިން މިވަނީ 48 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ.
މިއީ 119 ފެރެންހައިޓްއެވެ. ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލްތަކުގެ ވާހަކަ ދައްކަމުން އަންނަ އިރު މިފަދަ ކަންކަމަކީ މިކަމުގެ ހެކިތަކެވެ. ގުދުރަތީ ކާރިސާތަކަށް ބަލާއިރު ޖަންގަލިތަކުގައި ރޮވާ އަލިފާނުގެ ހާދިސާތަކާއި، ވިއްސާރަވެ ފެންބޮޑުވުމުގެ ނުރައްކަލާއި، އާދައާއި ޚިލާފަށް އެކު ޤައުމުތަކަށް ހޫނުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
މިއީ ފާއިތުވި އަހަރުތަކަށް ބަލާއިރު ރެކޯރޑު މިންވަރަކަށް އިޓަލީގެ ރީޖަންގެ ހޫނުމިން މައްޗަށް ދިޔަ މިންވަރެއްކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ދުނިޔޭގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓްގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ފަހުން ހޫނުމިން މައްޗަށް ގޮސްގެން ރެކޯރޑު ކުރެވިފައިވަނީ 1977 ވަނަ އަހަރު އެތެންސްއަށް 48 ޑިގްރީ ސެލްސިއަސްއަށް ހޫނު ވިކަމަށެވެ.
މިފަހަރު އިޓަލީއަށް ހޫނުވެފައި މިވަނީ އެފްރިކާއާއި ހިސާބުން ދައުރުވަމުން އަންނަމުންދާ ސައިކްލޯން އެއްގެ ސަބަބުންނެވެ. މި ސައިކްލޯންއަށް ދީފައިވާ ނަމަކީ ލޫސިފާއެވެ.
ފާއިތުވި ޖޫން މަހު މީޓިއޮރޮލޮޖިސްޓޫން ދިރާކޮށްފައިވާ ގޮތަށް ބަލާއިރު، އިޓަލީފެ ހޫނުމިން 44 ނުވަތަ 45 ޑިގްރީއަށް އަރާނެކަމަށް ހާމަކޮށްފައިވެއެވެ.
މޫސުމަށް އަންނަމުންދާ ބަދަލްތަކާއި ގުޅިގެން ޔޫރަޕްގެ ބައެއް ޤައުމުތަކުގެ ހޫނު މިން އިތުރުވެ ޖަންގަލިތަކުގައި ރޯވަމުން އަންނަކަމަށް ބީބީސީގެ ރިޕޯޓްތަކުގައި ބުނެފައިވެއެވެ. އަދި މިހާދިސާތަކުގައި ބޮޑެތި ގެއްލުންތަކެއްވެ މީހުން މަރުވެފައިވާކަށް ރިޕޯޓްތައްބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!