އުރީދޫ މޯލްޑިވްސް އާއި ޕަރސަނަލް ކޮމްޕިއުޓާސް ގުޅިގެން ސްކޫލް ކުދިންނަށް ޚާއްސަ "ބެކް ޓު ސްކޫލް" އޮފާއެއް މިއަދު އިއުލާން ކޮށްފިއެވެ.

ކިޔެވުމާއި ކިޔަވާދިނުން އަދި މިނޫންވެސް އެހެނިހެން ހިދުމަތް ފޯރުކޮށްދިނުމުގައާއި ލިބިގަތުމުގައި ޑިޖިޓަލް ޒަރިއްޔާތަކަށް ބަރޯސާ ވާންޖެހިފައިވާ މި ދަނޑިވަޅުގައިއިންޓަނެޓްގެ ޚިދުމަތާއި ޑިޖިޓަލް ޑިވައިސްތަކުގެ މުހިންމުކަން މިވަނީ އިތުރުވެފައެވެ.

Ad
rt

އެހެންކަމުން މި އޮފަރ ގެ މަގްސަދަކީ އޮންލައިންކޮށް ކިޔެވުން ކުރިއަށްގެންދިއުމަށް ބޭނުންވާ ސާމާނު، ކިޔަވާ ކުދިންނަށާއި ބެލެނިވެރިންނަށް ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތު ހުޅުވާލުން ކަމަށް އުރީދޫ އިން ބުންޏެވެ.

މި އޮފާގެ ދަށުން ޕަރސަނަލް ކޮމްޕއިޓާސްއިން ގަންނަ ކޮންމެ ލެޕްޓޮޕަކާއެކު އުރީދޫ މޯލްޑިވްސްގެ މައިފައި ޑިވައިސްއެއް، އަދި 240ޖީބީ އާއި ހަމައަށް ބޯނަސް ޑޭޓާލިބޭނެއެވެ.

ލެޕްޓޮޕާއެކު ހިލޭ ލިބޭ މައިފައި ޑިވައިސް މެދުވރިކޮށް ރީޗާޖު ކުރާ ފުރަތަމަ 12 ފަހަރު، ކޮންމެ ރީޗާޖަކަށް 20ޖީބީ ބޯނަސް ޑޭޓާ ލިބޭނެއެވެ.

ހަމައެހެންމެ، ޕަރސަނަލް ކޮމްޕިއުޓާސް އިން ހަދިޔާ ކުރާ ހިލޭ ލެޕްޓޮޕް ކޭސް އެއްވެސް މި އޮފާގައި ވަނީ ހިމެނިފައެވެ.

އެޗްޕީ އަދި ލެނޯވޯ ގެ ފަހުގެ ލެޕްޓޮޕްތައްހިމެނޭގޮތަށް ބަންޑްލްކޮށްފައިވާ މި އޮފާ މިއަދުން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެއެވެ.