ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތައް ލިބުނު މީހުންނަށް ހާއްސަ ޕްރޮމޯޝަނެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފަށައިފިއެވެ.

"މަގޭ ހިޔާ"ގެ ނަމުގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި ފެށި މި ޕްރޮމޯޝަުގެ ދަށުން ތިން ޕެކޭޖެއްގައި ސާމާނު ގަތުމުގެ ފުރުސަތު ލިބޭނެ އެވެ. ރަން، ރިހި އަދި ހުދުރަން ޕެކޭޖުގެ ނަމުގައު ތއާރަފު ކުރި މި ޕެކޭޖުތަކުން 15 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

Ad
rt

މި ޕްރޮމޯޝަނުގައި ބީއެމްއެލް އިސްލާމިކް އާއި އެމްއައިބީ އާއި އެމްއެފްއެލްސީ މެދުވެރިކޮށް މުދާ ގަންނަ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ފްލެޓު ލިބިފައިވާ ކަމުގެ ލިޔުމާއި ފްލެޓު ލިބުނު މީހާގެ އައިޑީ ކާޑު ހުށަހެޅުމުންނެވެ.

އެސްޓީއޯއިން ވަނީ މި ޕްރޮމޯޝަނުގައި ބައިވެރިވާ މީހުންނަށް ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ހުޅުވާލައިފައެވެ. މި ލަކީޑްރޯއިން އެއްވަނައަށް ދާ މީހަކަށް20،000ރ. ގެ ފައިސާގެ އިނާމު ހުށަހަޅާފައިވާއިރު ދެވަނައަށް 10،000ރ. ގެ ފައިސާގެ އިނާމާއި ތިންވަނައަށް 5،000ރ. ގެ ވައުޗަރެއް ވަނީ ހުށަހަޅައިފަ އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުން ގަންނަ ތަކެތި ޑެލިވާ ވެސް ކޮށްދޭނެއެވެ.