ކޮޑިވް19 އަށް ޕޮޒިޓިވްވެ އެބަލިން ރަނގަޅުވެފައިވާ ފަރާތްތަކުގެ ތެރެއިން 2 މަސް ދުވަސް ނުވާ ފަރާތްތަކަށް ކަރަންޓީން ވުމަކާއި ނުލާ ދަތުރު ކުރުމަށް ހުއްދަ ދޭން ނިންމައިފި އެވެ.

މިކަން އިޢުލާން ކުރެއްވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނިއުސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

Ad
rt

ރައީސް ވިދާޅުވީ ކޮޑިވްޖެހި ރަނގަޅު ވެފައިވާތާ 60 ދުވަސް ހަމަ ނުވާ ފަރާތްތަކަށް ދަތުރު ކުރުމަށް ހުއްދޭނެ ކަމަށެވެ.

ބަލި ޖެހި ރަނގަޅުވެފައިވާ މީހުން ކަރަންޓީނުވާން އަންގާފައިވަނީ ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ، ރާއްޖޭގެ ހާލަތު ގޯސްވުމާ ގުޅިގެންނެވެ. މީގެ ކުރިން ބަލި ޖެހި ރަނގަޅުވާ މީހުންނަށް ކަރަންޓީނު ނުވެ 90 ދުވަހު ދަތުރުކުރެވެއެވެ.

ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ކޯވިޑް19ގެ 2 ޑޯޒް ފުރިހަމަ ކުރެއްވި ފަރާތްތަކަށް ލުއިދިނުމާއި ގުޅޭގޮތުން އަަދިވެސް އެއްބަސްވުމަކަށް އާދެވިފައިނުވާކަމަށެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ ދެޑޯޒް ޖެހިފައިވަނީ 40% ކަަމަށާއި ގިނަ އަދަދެއްގެ ބަޔަކަށް ދެޑޯޒް ޖެހުމާއި އެކު އެފަރާތްތަކަށް ލުއިތަކެއް ދޭނެކަމަށެވެ.

މީގެ އިތުރުންވެސް ކޯވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ލުއިތަކެއް ދިނުމަށް ނިންމާފަ އެވެ.

އެގޮތުން ޖުލައިި 1 ވަނަ ދުވަހުން ފެށިގެން ދޭން ނިންމި ލުއިތަކުގެ ތެރޭގައި ކާފިއު ލުއިކޮށް ހެނދުނު 8 އިން ފަތިހު 4 އަށް ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން ވިޔަފާރިތައް ހުޅުވާލުމާއި މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރަން ފެށުމާއި ކާފިއު ނޫން ގަޑީގައި ފާހަކާ ނުލައި ބޭރަށް ނުކުމެވޭނެ ގޮތް ހެދުން ހިމެނެއެވެ. އަދި ކެފޭ ރެސްޓޯރަންޓުތަކުގައި އިންޑައިނިންގެ ހިދުމަތް ހުޅުވާލުމަށްވެސް ވަނީ ނިންމަވާފަ އެވެ.