މިރޭ ފަތިހުން ފެށިގެން ކުރިއަށް އޮތް ދެތިން ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ މުޅި ރާއްޖެއަށް މިހާރުކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި ކުރިއަށްއޮތް ދެތިން ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކުރައްވާކަމަށެވެ. ވައި ޖެހޭނީ އެވްރެޖްވަރެއްގައި ކަމަށްވެސް އެއިދާރާއިން ލަފާކުރައްވާފައިވެ އެވެ.

Ad
rt

މެޓު އޮފީހުން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށާ، އެހެން ސަރަޙައްދުތަކަށް ވައިޖެހޭނީ 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.

"ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް މަޑު ވާނެ އަދި އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް ގަދަ ވާނެ. ވިލާގަނޑުގައި ކަނޑުތައް ގަދަ ވާނެ."

މެޓް އޮފީހުން ވިދާޅުވި އެވެ.

މީގެ އިތުރުން ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 6 ފޫޓާއި ދެމެދުގެ އުސްމިނެއްގައިކަމަށްވެސް މެޓު އޮފީހުން ލަފާކުރައްވައެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ބޯކޮށްވާރެ ވެހި ފެންބޮޑުވުމުގެ ފުރުސަތު އޮތުމާއެކު އެކަމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކުރައްވައެވެ.