ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތާއި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިފައިވާ އިރު، މި މަޝްރޫޢުގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކާނެ ކަަމަށެވެ.
އަދި 331 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާނެ ކަމަށެވެ.
މީގެ އިތުރުން 2,102 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގުމަތީ ބައްތި ހަރުކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތާއި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 97 ޕަސެންޓް ވަނީ ނިމިފައި. މި މަޝްރޫޢުއަކީ 50.86 މިލިއަން ރުފިޔާގެ މަޝްރޫޢެއް #MTCCProjects pic.twitter.com/dR8JLNyp9I
— MTCC Plc (@MTCCPlc) June 23, 2021
މި މަޝްރޫއުއަށް 47,623,290.28 (ސާޅީސް ހަތް މިލިއަން ހަ ލައްކަ ތޭވީސް ހާސް ދުއިސައްތަ ނުވަދިޔަ ރުފިޔާ އަށާވީސް ލާރި) ރުފިޔާ ހަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019ގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!