ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން، ހދ. ނޭކުރެންދޫ މޮނިޓަރިން އުވާލައިފި އެވެ.
ނޭކުރެންދޫ މޮނިޓަރިން ހާލަތުން ވީއްލާފައި މިވަނީ އެރަށް މޮނިޓަރިން ހާލަތަށް ގެނައިތާ 1 މަސްދުވަސް ފަހުންނެވެ.
އެރަށް މޮނިޓަރިން ހާލަތަށް ގެނައީ ހުސްވި މެއި މަހުގެ 24 ވަނަ ދުވަހުއެވެ. އެ ހާލަތުން ވީއްލީ މިއަދުގެ 13:40 އިން ފެށިގެންނެވެ.
އެރަށް މޮނިޓަރިންއަށްލީ ރޭންޑަމް ސާމްޕަލެއް ކޯވިޑްއަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެގޭފަހުން ވަނީ އެރަށުގައި ކޮމިއުނިޓީ ސްޕްރެޑްއެއް އޮތްކަމަށް ނިންމާފަ އެވެ.
އެޗްޕީއޭއިން އެރަށު ކައުންސިލަށް ފޮނުވި ލިއުމުގައި ބުނެފައިވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނުލްއުޤޫބާތުގައި ބުނާ ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތްކަމަށެވެ.
މޮނިޓަރިންގެ ހާލަތުން ނެގިނަމަވެސް، މިވަގުތު އެރަށުގައި އެކްޓިވް 3 ކޭސް އެބަހުއްޓެވެ. އަދި މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެރަށުން އެއްވެސް ސާމްޕަލް އެއް ފައްސިވެފައެއް ނުވެއެވެ.
އެރަށުން މިހާތަނަށް 1680 ސާމްޕަލް ނެގިފާވާއިރު ޖުމްލަ 95 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި މީގެތެރެއިން 92 މީހަކު މިހާރުވަނީ ބަލިން ފަސޭހަވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!