ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން އަހަރީ ދުވަސް ފާހަގަކުރަން އެޗްއޯއީސީއަށް ތަކެތި ހަދިޔާކޮށްފިއެވެ.

އެ ކުންފުނިން ބުނީ މިއީ އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ހަދިޔާ ކުރި ތަކެތި ކަމަށެވެ. ނަމަވެސް ހަދިޔާ ކުރި ތަކެތީގެ ތަފްސީލެއް ދީފައި ނުވެއެވެ.

Ad
rt

ސްޓެލްކޯއިން ބުނީ އަހަރީ ދުވަހާ ގުޅިގެން އެޗްއޯއީސީއަށް ތަކެތި ހަދިޔާ ކުރީ މި ދުވަސްވަރު އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ކުރަމުން އަންނަ ބުރަމަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

މި ތަކެތި ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން އެޗްއޯއީސީއާ ހަވާލު ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ.