ގައުމީ އެއާލައިން މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިންއަށް އިތުރު ދަތުރެއް ބާއްވަން ނިންމައިފިއެވެ.
އެ ކުންފުނިން ބުނިގޮތުގައި މި ދަތުރު އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ. މި ފްލައިޓުން ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުންގެ އިތުރުން އެކި ކަންކަމުގައިއިންޑިއާއަށް ދިވެހިންނަށްވެސް ދަތުރު ކުރެވޭނެއެވެ.
ކޮޗިން އަކީ ބޭސް ފަރުވާއަށާއި ތައުލީމު ހާސިލް ކުރުމަށް ގިނަ ދިވެހިން ދަތުރު ކުރާ މަންޒިލެކެވެ.
ރާއްޖޭން ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު މިހާރު ދެކުނު އޭޝިއާ ގައުމުތަކުން ޓޫރިސްޓުން އައުން މަނާވާނެއެވެ. ނަމަވެސް އެ ގައުމުތަކުގައިތިބި ދިވެހިންނަށް އެނބުރި ރާއްޖެ އާދެވޭނެއެވެ.
#Announcement https://t.co/dHKLbZHvOl pic.twitter.com/WbcO00y5N0
— Maldivian (@MaldivianAero) June 22, 2021
މޯލްޑިވިއަންގެ މި ފްލައިޓުން ބުކިން ހައްދަން ބޭނުންވާ މީހުންނަށް އެ އެއާލައިންގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބުކިން ހެއްދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!