އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް އިންތިހާބުވެވަޑައިގެންފައިވާ ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲގެ ޝާހިދުގެ ޗެފް ޑި ކެބިނެޓްގެ މަގާމަށް މަގާމަށް އިންޑިއާއިން އދ. އަށް ކަނޑައަޅާފައިވާ ޑެޕިޔުޓީ ޕާމަނަންޓް ރެޕްރެޒެންޓިވް ނަގަރާޖް ނައިޑޫ ކުމާރު ހަމަޖައްސައިފި އެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ޝާހިދު އިންތިޚާބުވެ ވަޑައިގަތީ މި ޖޫންމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި 143 ވޯޓުން ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިގެންނެވެ. އެ އިންތިޚާބުގައި ޝާހިދާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލްއަށް ލިބިވަޑައިގަތީ 48 ވޯޓެވެ.

Ad
rt

މިއީ ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުކުރި ފުރަތަމަ ފަހަރެވެ. އަދި ދިވެއްސަކު ދުނިޔޭގެ މިފެންވަރުގެ މަގާމަކަށް އިންތިޚާބުވި ފުރަތަމަ ފަހެރެވެ.

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާގެ ކެބިނެޓް ޗީފް އަކަށް އިންޑިއާގެ އެމްބެސެޑާ ނަގަރާޖް ނައިޑޫ ކުމާރު ހަމަޖެއްސަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ހާއްސަ މަންދޫބަކަށް ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެއިން ހަމަޖައްސަވާފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކު ހޮވުމަށް ނިއު ޔޯކުގައި މިމަހުގެ 7 ވަނަ ދުވަހުގެ ރޭ 7:00 ގައި ބޭއްވި އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދެވުމަށް ފަހު ދެއްކެވި ވާހަކައިގައި ޝާހިދު ވިދާޅުވީ އެއީ ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުކުރި ފުރަތަމަ ފަހަރު ކަމަށެވެ.

"މި މަތިވެރި އދ.ގެ މަޖިލީހުގައި، މި މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އިންތިޚާބުވި ރައީސްގެ ގޮތުގައި ހުރެ، ދިވެހިންގެ ފަޚުރުވެރި ބަހުން، މިއަދު އަޅުގަނޑު މި އުފުލަނީ ދިވެހި ރައްޔިތުންގެ ފަޚުރުވެރި އަޑު، މިއަދު ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ އިތުބާރާއި ޔަގީންކަން ދިވެހިރާއްޖެ އަށް ލިބިގެން ދިއުމުން، ސާބިތުވެގެން މި ދިޔައީ، މުޅި ދުނިޔެ، މިއަދު ރާއްޖެ ބަލައިގެންފައިވާކަން."،" ޝާހިދުގެ ވާހަކަ ފައްޓަވަމުން ދިވެހި ބަހުން ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ޝާހިދު ދެއްކެވި ވާހަކަފުޅުގައި ވަނީ، ދިވެހި ރައްޔިތުންގެ ނަމުގައި ދުނިޔޭގެ ހުރިހައި ގައުމަކަށް ޝުކުރު އަދާކުރަށްވާފަ އެވެ.

މިއީ އދ. ގެ 75 އަހަރުވީ ތާރީހުގައި އަދި ރާއްޖެ އދ. ގެ މެމްބަރެއްގެ ގޮތުގައި މިވީ 55 އަހަރުގެ ތާރީހުގައި އެ ޖަމާއަތުގެ ރައީސްއަކަށް ދިވެއްސަކު އިންތިހާބު ކުރި ފުރަތަމަ ފަހަރެވެ.