ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ކޮންސްރަކްޝަން ސޮލިއުޝަންސް އިން ރާއްޖެއަށް "ގްރީން ކޮންކްރީޓް" ތައާރަފް ކުރަން ތައްޔާރުވެއްޖެއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައި އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް އިން ނެރުނު އިއުލާނެއްގައި ބުނީ މި ކޮންކްރީޓަކީ ތިމާވެއްޓާ ރަހުމަތްތެރި އެއްޗެއްކަމަށެވެ. އަދި މި ކޮންކްރީޓަކީ ޖައްވަށް ބޭރުކުރާ ކާބަންޑަ އޮކްސައިޑް 30 އިންސައްތަ އާއި ހަމައަށް ދަށްކޮށްދޭ ބާވަތުގެ ކޮންކްރީޓެއް ކަމަށްވެސް އެ ކުންފުނިންބުންޏެވެ.
"ކޮންވެންޝަނަލް ކޮންކްރީޓް" ނުވަތަ އާއްމުކޮށް އުފައްދާ ކޮންކްރީޓްތަކާއި ހިލާފަށް ގްރީން ކޮންކްރީޓަކީ ގުދުރަތީ ބާވަތްތައް މަދުން ބޭނުންކޮށް، ރިސައިކަލްމާއްދާތައް ބޭނުންކޮށްގެން އުފައްދާ ކޮންކްރީޓެއް ކަމަށް އެސްޓީއޯ އިން މައުލޫމާތުދެއެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ ބާޒާރަށް އެ ކޮންކްރީޓް ނެރޭއިރުއެ ކޮންކްރީޓް ސަޕްލައި ކުރާނީ އެސްޓީއޯ ރެޑީމިކްސް ކޮންކްރީޓް ސަޕްލައިކުރާ ވެހިކަލްތައް ބޭނުން ކޮށްގެން ކަމަށް އެސްޓީއޯ އިން މައުލޫމާތު ދެއެވެ.
އެސްޓީއޯ އިން މިހާރުވެސް ގެންދަނީ ތިމާވެއްޓާއި ރަހުމަތްތެރި އިމާރާތް ކުރުމުގެ ސާމާނު ވިއްކަމުންނެވެ. މީގެތެރޭގައި އެންމެ ފާހަގަކޮށްލެވެނީ މީގެ ދޮޅު އަހަރެއްހާދުވަސް ކުރިން މާކެޓަށް ނެރުނު، މިހާރު ގިނަ ކޮންޓްރެކްޓަކުންގެ މެދުގައި މަގްބޫލުވެފައިވާ "ރެނާކޮން" ގަލެވެ.
މޫދުން ވެލިނަގައިގެން ރާއްޖޭގައި އުފައްދާ ގައު ތަކާހިލާފަށް، ރެނަކޮން ގަލަކީ ރިސައިކަލް އާލާތްތައް ބޭނުންކޮށްގެން އުފައްދާފައިވާ "އީކޯ ފްރެންޑްލީ" ދަރަޖަ ލިބިފައިވާ ގަލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!