ވޭސްޓް މެނެޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ވަގުތީ ވަޒީފާއެއްގައި ހުރި މުވައްޒަފަކަށް ވައްކަން ކުރި ކަމުގެ ތުހުމަތުކުރެވުމުން އެމީހާއަށް ފިޔަވަޅުއަޅައިފި އެވެ.

އެ މީހާއަށް ފިޔަވަޅުއަޅާފައިވަނީ، އޭނާ ވައްކަން ކޮށްގެން ބަޔަކު އޭނާ ހިފަހައްޓައި އޭނާގެ ވީޑިއޯއެއް ސޯޯޝަލް މީޑިއާގައި އާއްމުކުރުމުންނެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި އެ މީހާ ހުރީ ވެމްކޯގެ ކާޑު އަޅައިގެންނެވެ. އަދި ކައިރީގައި އޭނާގެ ޔުނިފޯމާއި އޭނާ ވަގަށް ނެގި ބައެއް ސާމާނު ބަހައްޓާފައި ހުރިތަން ފެނެއެވެ. އޭނާއާއެކު އެހެންމީހެއްވެސް ވައްކަމުގައި ބައިވެރިވިއެވެ. ނަމަވެސް އެއީ ވެމްކޯގެ މުވައްޒަފެއް ނޫނެވެ.

Ad
rt

ވެމްކޯއިން ނެރުނު ބަޔާނެއްގައި ވީޑިއޯއިން ފެންނަ މީހާއަކީ އެކުންފުންޏާ ވަގުތީ ގޮތުން ގުޅުނު ކޮންޓްރެކްޓް މުވައްޒަފެއް ކަމަށެވެ. އަދި އެ އަމަލަކީ ވެމްކޯއިންކަންބޮޑުވާ، އަދި ބަލައިގަންނަ އަމަލެއް ނޫން ކަމުން އޭނާއާ މެދު ވަގުތުން ފިޔަވަޅު އަޅާފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން މި މައްސަލައިގެ ތަހުގީގަަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ވެމްކޯގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ވެމްކޯއިން ބުނީ މިފަދަ އެއްވެސް އަމަލެއްގައި ބައިވެރިވާ އެ ކުންފުނީގެ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށެވެ.

މި ދުވަސްވަރު ރައްޔިތުން ވެމްކޯގެ މުވައްޒަފުންނަށް ކުރާ އިތުބާރަށް އެ ކުންފުނިން ވަނީ ޝުކުރު އަދާ ކޮށްފައެވެ.