ރާއްޖޭގެ ގުދުރަތީ ރީތިކަން އިހުސާސުވާގޮތަށް ފަލަސްތީނުގެ ގާޒާގައި ހަދާފައިވާ "މޯލްޑިވް ގާޒާ" ރެސްޓޯރެންޓަށް އިޒުރޭލުން ބޮން އަޅައި މިއަދު އެތަންހަލާކުކޮށްލައިފިއެވެ.
މިދިޔަ އަހަރު ހުޅުވި މި ރެސްޓޯރެންޓަށް ދިން ހަމަލާގައި މިހާތަނަށް ތިން މީހަކު ވަނީ ޒަހަމްވެފައެވެ. ބޮން އެޅުމުގެ ސަބަބުން މި ރެސްޓޯރެންޓު ވަނީ އެއްކޮށް ސުންނާފަތިވެފައެވެ.
ދިވެހިންނާއި ދުނިޔޭގެ ސަމާލުކަމަށް މި ރެސްޓޯރެންޓް ލިބުނީ މިދިޔަ އަހަރު މިތަނުގެ ވެރިޔާ ރޮއިޓާސްއަށް ދިން އިންޓިވިއުއަކަށް ފަހުއެވެ.
އެ ރެސްޓޯރެންޓުގެ ވެރިޔާ އިމާދު އަލްބައްޔާ ބުނެފައި ވަނީ އެތަން ހުޅުވީ ދިވެހިރާއްޖެއަކީ ގާޒާގެ ރައްޔިތުންގެ މެދުގައި ވެސް ވަރަށް މަގުބޫލު މަންޒިލަކަށް ވުމުން،ގާޒާގެ ރައްޔިތުންނަށް ރާއްޖޭގެ ޖަޒީރާވަންތަކަން އިހްސާސް ކޮށްލެވޭ ގޮތަށް ކަމަށެވެ.
ފަލަސްތީނުގެ ގާޒާގައި ހަދާފައިވާ "މޯލްޑިވް ގާޒާ" ރެސްޓޯރެންޓް
"ގާޒާގެ މީހުންނަށް ހިޔެއްނުވޭ ރާއްޖެއަށް ދެވޭނެހެން. އެހެންވެ އަހަރެން ބޭނުންވީ ގާޒާއަށް ރާއްޖެ ގެންނަން. ރާއްޖޭގެ ގޮނޑުދޮށްތަކުން ކުރެވޭނެ އިހުސާސްއަހަރެމެން ވެސް އިހުސާސްކޮށްލަން،" އެ އިންޓަވިއުގައި އިމާދު ބުންޏެވެ.
އިސްރާއީލުން ފަލަސްތީނަަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ގިނަ ގައުމުތަކުން އަންނަނީ އިސްރާއީލާ ދެކޮޅަށަ އަޑުއުފުލަމުންނެވެ. ރާއްޖޭންވެސް ވަނީ މި އަމަލުތައް ކުށްވެރިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!