ނިއުޔޯކް ކޮންވެންޝަނުގައި ސޮއި ކުރުމަކީ ތާރީޙީ ކަމެއް ކަމަށާއި އެކަމުން ދައްކުވައިދެނީ ރާއްޖެއިން ބޭރުގެ އިންވެސްޓުމެންޓުތަކަށް ރާއްޖޭގެ ވިޔަފާރި މާހައުލު ފަހިކުރުމަށް ދެއްވާ އަހަމިއްޔަތުކަން ދައްކުވައިދޭކަމެއްކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބް މިހެންވިދާޅުވީ ކޮންވެންޝަން އޮން ދި ރިކޮގްނިޝަން އެންޑް އެންފޯސްމެންޓް އޮފް ފޮރިން އާބިޓްރަލް އެވާޑްސް، ނޫނީ އާންމު ނަމުން ނަމަ ނިއުޔޯކު ކޮންވެންޝަންގައި ދިވެހިރާއްޖެއިން ސޮއިކުރުމަށްފަހު ކުރެއްވި ޓުވިޓެއްގައެވެ.

Ad
rt

ރާއްޖެއިން މި ކޮންވެންޝަން ގައި ސޮއި ކުރީ މިއަދު ނިއުޔޯކުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު އާއި، ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރުގެ ޗެއަރ މުހައްމަދު ޝަހުދީ އަދި ރާއްޖެއިން އެމެރިކާއަށް ކަނޑަޅުއްވާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސެއިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނިއުޔޯކް ކޮންވެންޝަނަކީ އެ ކޮންވެންޝަނުގައި ސޮއިކޮށްފައިވާ ޤައުމުތަކުގެ އަމިއްލަ ފަރާތްތަކުގެ މެދުގައި ވެވޭ އެއްބަސްވުންތައް ބަލައި ގަަތުމުގެ ބާރު އެ ޤައުމެއްގައި ހުންނަ ހާއްސަ ކޯޓަކަށް ދިނުމާއި އެފަދަ އެއްބަސްވުންތައް ތަންފީޒު ކުރުމުގެ ބާރު ދޭންޖެހޭ ކޮންވެންޝަނެކެވެ. މީގެ އިތުރުންވެސް އާރބިޓްރޭޝަން އާއި ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އެ ކޮންވެންޝަންގައި ސޮއި ކުރާ ޤައުމުތަކަށް ލާޒިމް ވާނެއެވެ.