ދަތުރުފަތުރާ ގުޅިގެން ކުރެވޭ ކަރަންޓީނުގެ މުއްދަތަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބަދަލު ގެނެސް، ކަރަންޓީންވާން ޖެހޭ މުއްދަތު އިތުރުކޮށްފިއެވެ.

އެކަން ބަޔާންކޮށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރަށްވާ މިއަދު ނެރުނު އެންގުމުގައި ބުނީ ވަކި ގޮތެއް
އަންގަންދެން، ދަތުރުފަތުރާ ގުޅިގެން ކަރަންޓީނުކުރާ ފަރާތްތައް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމަށް އަންގާ ކަމަށެވެ.

Ad
rt

މިބަދަލު ގެނައުމުގެ ކުރީން ކަރަންޓީނުވާން ޖެހޭ މުއްދަތަކީ 10 ދުވަހެވެ.

މިފިޔަވަޅަކީ، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރެވިފައިވުމާއެކު ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި އެޅި ފިޔަވަޅެކެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތު ފާލުން ނެއްޓިފަ ވާއިރު، އެޗްޕީއޭއިން ދަނީ މި ނޫން ވެސް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން މާލެ ފިޔަވައި އަތޮޅުތަކުގެ އެއްރަށުން އަނެއް ރަށަށް ޒަރޫރީކަމެއްގައި މެނުވީ ދަތުރުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މާލޭ ސިޓީގައާއި އަތޮޅު ތެރޭގެ ފަސް ރަށެއްގައި ވެސް ވަނީ ކާފިއު ހިންގާފަ އެވެ.

ރާއްޖެއިން މިހާތަނަށް 33،368 މީހަކު މިބަށްޔަށް ވަނީ ހުށަހެޅި، 81 މީހަކު ވަނީ ނިޔާވެފަ އެވެ.