ހއ. ދިއްދޫއިން އިތުރު 9 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެއާއިއެކު ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ ކޭހާއި ގުޅިގެން އެމީހާއާއިއެކު ދިއްދޫއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 34 އަށް އެރީއެވެ.
ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. އެއީ އަލާމާތްތައް ހުރެގެން ދެއްކި މީހެކެވެ.
އެކޭހާއި ގުޅިގެން މިހާތަނަށް އެރަށުން 381 މީހެއްގެ ސާމްޕަލް ވަނީ ނަގާފަ އެވެ. އޭގެ ތެރެއިން 193 މީހެއްގެ ސާމްޕަލް ނެގެޓިވްވެފަ ވާއިރު، އަދި ނަތީޖާ ނުލިބޭ 155 ސާމްޕަލެއް ވެއެވެ.
މީގެއިތުރުން އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި 4 މީހެއް ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އެރަށުން ޕޮޒިޓިވްވި މީހުން ތެރެއިން 2 މީހަކު އިއްޔެ ވަނީ ށ. އަތޮޅު ހޮސްޕިޓަލްގައި ހުންނަ ޒޯން 1 ކޯވިޑް ފެސިލިޓީއަށް ވެސް ބަދަލުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!