ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ އުތުރުގެ ތިން އަތޮޅު ކަމުގައިވާ ހއ، ހދ އަދި ށ އަތޮޅުގެ އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމް އެއް ކުލައަކަށް ގޮސް ހުސްވެފައި ވީ ނަމަވެސް ދެން ފެންނަންހުރި އެހެން ގޮނޑިތަކުން ދައްކުވައި ދެނީ ތަފާތު ކުލަތަކެވެ. އަދި މީގެއިތުރުން އެއްވެސް ކުލައެއް ނުޖެހޭ ގޮނޑިތައް ވެސް މީގެ ތެރޭގައި ގިނައަދަދަކަށް ހިމެނޭކަން ފާހަގަ ކުރެވެއެވެ.
ތަންކޮޅެއް ތިލަކޮށް ދަންނަވަނީނަމަ މި ތިން އަތޮޅުގެ އަތޮޅު ކައުންސިލުގެ ގޮނޑިތަކުގެ ބާރު ލިބިގެންދާ ރަށްރަށުގެ ރަށު ކައުންސިލުތަކުގެ ރައީސުންގެ ގޮތުގައި ހޮވިފައިވަނީ އެކި ޕާޓީތަކަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންގެ އިތުރުން އެއްވެސް ޕާޓީއަކަށް ނިސްބަތްވެ ވަޑައި ނުގަންނަވާ މެންބަރުންނެވެ.
ހއ. އަތޮޅު
އެންމެ އުތުރުން ހއ. އަތޮޅަށް ބަލައިލާއިރު އެ އަތޮޅުގެ އަތޮޅު ކައުންސިލުގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅެއްކަމުގައިވާ މޫސާ ޝަފީޤުއެވެ.
ހއ. އަތޮޅުގައި މީހުން ދިރިއުޅޭ ސާދަ ރަށް އޮތްއިރު އޭގެތެރެއިން ފަސް ރަށުގެ ރަށު ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުންނެވެ. އެއީ ތަކަންދޫ ކައުންސިލްގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި ހުސެއިން ނައީމްއާއި، މުރައިދޫ ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އަލީ ސިނާންއާއި، ބާރަށު ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި ސޮފަތު މުޙައްމަދާއި، ހޯރަފުށީ ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި މުޙައްމަދު ވަހީދުގެ އިތުރުން ފިއްލަދޫ ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި ފަތުހުﷲ ހަސަންއެވެ.
މި އަތޮޅުގެ ފަސް ރަށެއްގެ ރަށު ކައުންސިލުގެ ރައީސްގެ މަޤާމް ޕީޕީއެމްގެ ފަރާތުން ކުރިމަތިލެއްވި ފަސް ބޭފުޅަކު ވަނީ ކާމިޔާބު ކުރައްވާފައެވެ. އެއީ އުތީމް ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އަބްދުﷲ ރަޝީދާއި، އިހަވަންދޫ ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އަޙްމަދު ޞޮބާޙްއާއި، ކެލާ ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އަބްދުﷲ އިންފާޒްއާއި، ވަށަފަރު ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އަޙްމަދު މުއީންގެ އިތުރުން ދިއްދޫ ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އަބްދުﷲ ރަޝީދެވެ.
މި އަތޮޅު ހަތަރު ރަށެއްގެ ރަށު ކައުންސިލުގެ ރައީސްގެ މަޤާމް އަމިއްލަ ގޮތުން ވާދަކުރެއްވި ބޭފުޅުން ވަނީ ކާމިޔާބު ކުރައްވާފައެވެ. އެ ބޭފުޅުންނަކީ ތުރާކުނު ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އަލީ އަބްދުއް ލަޠީފްއާއި، މާރަންދޫ ކައުންސިލުގެ މަޤާމް ކާމިޔާބު ކުރެއްވި ޖައިލަމް ހާރޫންއާއި، މޮޅަދޫ ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި މުޙައްމަދު ސިނާދުގެ އިތުރުން އުލިގަމް ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އަޙްމަދު މުއާޒް މުޙައްމަދެވެ.
ހދ. އަތޮޅު
ހދ. އަތޮޅަށް ބަލައިލާއިރު އެ އަތޮޅުގެ އަތޮޅު ކައުންސިލުގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅެއްކަމުގައިވާ މުޙައްމަދު ސިރާޖްއެވެ.
ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ތޭރަ ރަށް އޮތްއިރު އޭގެތެރެއިން ހަ ރަށުގެ ރަށު ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުންނެވެ. އެއީ ހަނިމާދޫ ކައުންސިލްގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އަބްދުލް ސައްތާރު ހަސަންއާއި، ކުމުންދޫ ކައުންސިލްގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި މުޙައްމަދު އަމީންއާއި، މަކުނުދޫ ކައުންސިލގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އައުޒަމް އާދަމްއާއި، ފިނޭ ކައުންސިލްގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އަދުނާން އަބްދުﷲއާއި، ކުޅުދުއްފުށި ސިޓީގެ ކައުންސިލުގެ މޭޔަރުކަން ކާމިޔާބު ކުރެއްވި މުޙައްމަދު އާތިފްގެ އިތުރުން ވައިކަރަދޫ ކައުންސިލްގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި މުޙައްމަދު ޒާމިރްއެވެ.
މި އަތޮޅުގެ ހަތަރު ރަށެއްގެ ރަށު ކައުންސިލުގެ ރައީސްގެ މަޤާމް ޕީޕީއެމްގެ ފަރާތުން ކުރިމަތިލެއްވި ހަތަރު ބޭފުޅަކު ވަނީ ކާމިޔާބު ކުރައްވާފައެވެ. އެއީ ނައިވާދޫ ކައުންސިލްގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އަލީ ރަޝީދު މުޙައްމަދާއި، ހިރިމަރަދޫ ކައުންސިލގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި މުޙައްމަދު ވަހީދާއި، ނޮޅިވަރަންފަރު ކައުންސިލްގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އަބްދުﷲ ނަދީމްގެ އިތުރުން ކުރިނބީ ކައުންސިލްގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އަބްދުﷲ އަސްލަމްއެވެ.
މި އަތޮޅު ދެ ރަށެއްގެ ރަށު ކައުންސިލުގެ ރައީސްގެ މަޤާމް އަމިއްލަ ގޮތުން ވާދަކުރެއްވި ބޭފުޅުން ވަނީ ކާމިޔާބު ކުރައްވާފައެވެ. އެ ބޭފުޅުންނަކީ ނޭކުރެންދޫ ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އަލީ ސިރާޖްއާއި ނެއްލައިދޫ ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި މުޙައްމަދު އަލީފްއެވެ.
މި ތިން އަތޮޅުގެ ރަށްތަކުގެ ރައީސްގެ މަޤާމަށް އަދާލަތު ޕާޓީން ހޮވިފައިވަނީ އެންމެ ބޭފުޅެކެވެ. އެ ބޭފުޅަކީ ނޮޅިވަރަން ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި ޔޫސުފް މޫސާއެވެ.
ށ. އަތޮޅު
ށ. އަތޮޅަށް ބަލައިލާއިރު އެ އަތޮޅުގެ އަތޮޅު ކައުންސިލުގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅެއްކަމުގައިވާ މުޙައްމަދު ސިޔާމްއެވެ.
ށ. އަތޮޅުގައި މީހުން ދިރިއުޅޭ ސާދަ ރަށް އޮތްއިރު އޭގެތެރެއިން ހަ ރަށުގެ ރަށު ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުންނެވެ. އެއީ ފޯކައިދޫ ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އަޙްމަދު އާސިފްއާއި، ކަނޑިތީމު ކައުންސިލްގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އަޙްމަދު ހުސެއިންއާއި، ޅައިމަގު ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އާދަމް އަޒްމީރްއާއި، ކޮމަންޑޫ ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި މުޙައްމަދު ސިނާންއާއި، މާއުނގޫދޫ ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އާދަމް ސަލީމްގެ އިތުރުން ފޭދޫ ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އަޙްމަދު ރައިސަމްއެވެ.
މި އަތޮޅުގެ ތިން ރަށެއްގެ ރަށު ކައުންސިލުގެ ރައީސްގެ މަޤާމް ޕީޕީއެމްގެ ފަރާތުން ކުރިމަތިލެއްވި ތިން ބޭފުޅަކު ވަނީ ކާމިޔާބު ކުރައްވާފައެވެ. އެއީ ފުނަދޫ ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އަޙްމަދު އިބްރާހިމް ފުޅާއި، ބިލެއްފައި ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އަބްދުﷲ ޒިޔާދުގެ އިތުރުން މަރޮށި ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އަލީ މުޙައްމަދެވެ.
މި އަތޮޅު ހަތަރު ރަށެއްގެ ރަށު ކައުންސިލުގެ ރައީސްގެ މަޤާމް އަމިއްލަ ގޮތުން ވާދަކުރެއްވި ބޭފުޅުން ވަނީ ކާމިޔާބު ކުރައްވާފައެވެ. އެ ބޭފުޅުންނަކީ މިލަންދޫ ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އަބްދުﷲ އާތިފްއާއި، ނޫމަރާ ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އަލީ ރަބީޢުއާއި، ގޮއިދޫ ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އިބްރާހިމް ޝާހިދުއާއި އަދި ފީވަކު ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި އަލީ ރަޝީދު ހަސަން އެވެ.
މި ތިން އަތޮޅުގެ ރަށްތަކުގެ ރައީސްގެ މަޤާމަށް ޖުމްހޫރީ ޕާޓީން ހޮވިފައިވަނީ އެންމެ ބޭފުޅެކެވެ. އެ ބޭފުޅަކީ ށ. ނަރުދޫ ކައުންސިލުގެ ރައީސްގެ މަޤާމް ކާމިޔާބު ކުރެއްވި މުޙައްމަދު މުސްތަރްޝިދުއެވެ.
އެންމެ އުތުރުގެ ތިން އަތޮޅުގެ ރަށްތަކުގެ ރަށު ކައުންސިލުގެ ރައީސްގެ ގޮންޑިތައް އެމްޑީޕީންގެ ފަރާތުން ކާމިޔާބު ކޮށްފައިވާ މިންވަރު ތަންކޮޅެއް އިތުރުކޮށް ފެނުނު ނަމަވެސް މި ތިން އަތޮޅުގެ ތެރެއިން އެއްވެސް އަތޮޅެއްގެ ސުޕަ މެޖޯރިޓީ އެއްވެސް ޕާޓީއަކަށް ލިބިފައިނުވާކަން ފާހަގަ ކުރެވެއެވެ. އަދި ކުޅުދުއްފުށީ ސިޓީގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއިން ކާމިޔާބުކޮށްފައިވާކަން ވެސް ފާހަގަކޮށްލަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!