އުރީދޫ މޯލްޑިވްސް އާއި މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) ގުޅިގެން މާލޭގައި ދިރިއުޅޭ ބިދޭސިންނަށް ރޯދަ ވީއްލުން ބަހައިފިއެވެ.

އިއްޔެ އުރީދޫ އާއި އެމްއެމްޑަބްލިއުއެމް ގުޅިގެން ވަނީ މާލޭ މާރުކޭޓު ސަރަހައްދުގައި އުޅުނު ބިދޭސިންނަށް ރޯދަވީއްލުމަށް 100 ޕެކް ބަަހައިފެއެވެ.

Ad
rt

އުރީދޫ އިން ބުނީ މި ރޯދަ މަސް ނިމެންދެން ކޮންމެ ހުކުރު ދުވަހަކުވެސް ބިދޭސިންނަށް ރޯދަ ވީއްލުން ބެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް އަކީ ރާއްޖޭގައި އުޅޭ ބިދޭސިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ އެކެވެ.

މީގެ ކުރިންވެސް އުރީދޫ އިން ވަނީ އެކި އެންޖީއޯތަކާ ގުޅިގެން ރާއްޖޭގައި އުޅޭ ބިދޭސިންގެ ތެރެއިން މުސްލިމު އާބާދީ އަށް ރޯދަ ވީއްލުން ދީފައެވެ.