ރޯދަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ރާއްޖެ އެތެރެ ކުރި 727 ކޮންޓެއިނަރުގެ މުދާ ކްލިއާ ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 727 ކޮންޓެއިނަރުގެ މުދާ ކްލިއާ ކޮށްފައިވަނީ މި މަހުގެ 13އިން 17 ވަނަ ދުވަހުގެ ނިޔަލަށެވެ. މީގެ ތެރޭގައި 20 ފޫޓުގެ367 ކޮންޓެއިނަރާއި 40 ފޫޓުގެ 360 ކޮންޓެއިނަރު ހިމެނެއެވެ.

Ad
rt

ރާއްޖެ އެތެރެކުރި ކާބޯތަކެތީގެ ތެރޭގައި 26520 ކޭސް ބިހާއި، 18،786 ބަސްތާ ފިޔާ އަދި 261 ބަސްތާ އަލުވި ހިމެނެއެވެ. އަދި މީގެ އިތުރުން 1757 ބަސްތާކެބެޖާއި 1926 ކޭސް ޓޮމާޓޯ އާއި 2125 ކޭސް އަލަނާސިވެސް ރާއްޖެ އެތެރެކުރިއެވެ.

އެހެން އަހަރުގެ ރޯދަމަހާ ހިލާފަށް މިއަހަރުގެ ރޯދަމަހު އެތެރެ ކުރާ މުދާ އިތުރުކަމަށް އެމްޕީއެލުން މީގެ ކުރިންވެސް ބުންޏެވެ.

އެ ކުންފުނިން ވަނީ ވިޔަފާރި ބަނދަރުގެ ކަންކަން ހައްލުކޮށް ރޯދަ މަހު ދޭ ހިދުމަތްތަކާ ގުޅޭގޮތުން ރާއްޖޭގެ ބޮޑެތި އިމްޕޯޓަރުންނާ ވެސް ބައްދަލުކޮށްފައެވެ.