އެނބޫދޫ ފިނޮޅު ކައިރީގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު 17:50 ހާއިރު ކަމަށެވެ.

Ad
rt

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ބޯޓުގައި ތިބީ ހަތަރު މީހުން ކަމަށެވެ. އެއީ ތިން ދިވެހީންނާއި ބިދޭސީ އެކެވެ.

ރޯވި އިރު، ބޯޓުގައި 60،000 ލީޓަރުގެ ޑީސަލް ހުރި ކަމަށް އާޒިމް ވިދާޅުވި އެވެ. ބޯޓުގައި ރޯވީ ތެޔޮ ބަރުކޮށްގެން، މާލެ އިން ލ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށެވެ.

އެދޯނީގައި ތިބި 4 މީހުން ސަލާމަތް ކޮއްފައިވަނީ ކާނި ހޮޓެލްގެ ލޯންޗް އަކުންނެވެ. އެގޮތުން ކާނި ހޮޓެލްސްގެ ވެރިޔާ، އަބްދުﷲ ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރޯވި ބޯޓުގެ ފަޅުވެރިން ކަނޑުވެފައި ތިއްބާ އެ ހޮޓަލުގެ ލޯންޗަކުން އެމީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ. އެމީހުން މިހާރު ވަނީ މާލެ ގެނެސްފަ އެވެ.