ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިނެއްކަމަށްވާ، ކޮވިޝީލްޑް ވެކްސިންގެ 2 ވަނަ ޑޯޒް މިއަދު ޖަހަން ފަށާނެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފައިވާގޮތުން މިއަދު ދެވަނަ ޑޯޒް ޖަހަން ފަށާނީ، ފެބްރުއަރީ 4-1 އާއި ދެމެދު ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށެވެ.
މިއަދު ދެވަނަ ޑޯޒް ޖެހުން ކުރިއަށް ދާނީ ސޯޝަލް ސެންޓަރ، ނެޝެނަލް އާޓް ގެލެރީ، ހުޅުމާލެ ފްލޫ ކްލިނިކް، ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ސެނެހިޔާގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެ މަރުކަޒުތަކުގައި ވެކްސިން ޖެހުން ކުރިއަށް ދާނީ ހެނދުނު 10:00 އިން މެންދުރުފަހު 15:00 އަށެވެ. ވެކްސިން ޖަހަންދާއިރު، ފުރަތަމަ ޑޯޒްޖެހިއިރު ދިން ވެކްސިން ކާޑް އަދި އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑު ގެންދަން ޖެހެއެވެ.
އެޗްޕީއޭގެ މައުލޫމާތުތައް ދައްކާގޮތުން މިހާތަށް ރާއްޖޭގައި 241،127 މީހުން ވަނީ ވެކްސިން ޖަހާފައިވެއެވެ. ރާއްޖެގައި ކޮވިޝީލްޑްގެ އިތުރުން ސައިނޯފާރމް އަދި ފައިޒަރ ވެކްސިން ދޭން ހުއްދަ ދީފައިވާއިރު، މިހާރު ދަނީ ސައިނޯފާރމްގެ ފުރަތަމަ ޑޯޒްވެސް ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!