ވަޒީފާ އާއި ބެހޭ ގާނޫނު ބުނާ، ރަމަޟާން އިނާޔަތް 8 އޭޕްރިލް 2020ގައި ސަރުކާރުގެ މުވައްޒަފުންނަށް ދޭން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ބުނެފިއެވެ.

މިގޮތުން މިއަދު އެ މިނިސްޓްރީން އާންމުކުރި 1442ވަނަ އަހަރުގެ ރަމަޟާންމަހުގެ އިނާޔަތު ފައިސާދިނުމުގައި އަމަލުކުރާނެ ގޮތާއިގުޅޭ ސާކިއުލާގައި ބުނެފައި ވަނީ، ވަޒީފާއާއިބެހޭ ޤާނޫނުގައި ބުނާގޮތަށް، ރަމަޟާން އިނާޔަތުގެ ގޮތުގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމަކަށް ދޭނީ 3000 ރުފިޔާ ކަމަށެވެ.

Ad
rt

މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ޢިނާޔަތުގެ
ފައިސާ ދޭ އިރު، ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތުގެ ފައިސާ
ދިނުމަށާއި އަދި އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށް އެ ސާކިއުލާގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރޯދަ މަސް "ޕޭ ލީވް" ސްކޮލާޝިޕް މުވައްޒަފުންނާއި "ނޯ ޕޭ ލީވް"ގައި ތިބޭ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ނުލިބޭނެ ކަމަށާއި އެފަދަ "ލީވް"އެއްގައި ހުންނަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ޚިދުމަތަށް ނުކުމެއްޖެ ނަމަ އެދުވަހަކުން ފެށިގެން މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދޭން ވާނެ ކަމަށް ސާކިޔުލާގައި ބުނެފައި ވެއެވެ.

ވަޒީފާ އާއި ބެހޭ ގާނޫނު ބުނާގޮތުން ވަޒީފާ އަދާކުރާ ކޮންމެ މުަސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭން ޖެހެއެވެ.